ރައްޔިތުންގެ މަޖިލިހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޓީޑީންވެސް ވާދަކުރަން ނިންމައިފިއެވެ.
އެމްޓީޑީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ގުރައިދީ ބައި އިލެކްޝަންގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މި މާރޗްމަހުގެ 11 ވަނަ ދުވަހުގެ 17:00އާއި ހަމައަށް ހުޅުވާލެވިފައިވާ ކަމުގައެވެ.
އަދި މި ބައި އިލެކްޝަންގައި ބައިވެރިވުމަށް އެމްޓީޑީގެ އީމެއިލް secretariat@mtd.mv އަށް މެއިލް ކުރުމަށްވެސް އެޕާޓީން ވަނީ އެދިފައެވެ.
ރައްޔިތުން މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުޞަތު އެމް.ޓީ.ޑީ އިން ހުޅުވާލުން. pic.twitter.com/kYp0EUirvm
— Maldives Third-Way Democrats (@MTDSecretariat) March 9, 2023
ކ. ގުރައިދޫ ބައި އިލެކްޝަންގައި އެމްޓީޑީނ ވާދަކުރަން ނިންމާފައިވާއިރު، ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީންނާއި އިދިކޮޅޫ ޕީޕިއެމްގެ އިތުރުން އެމްއެންޕީންވެސް ވަނީ މި ބައި އިލެކްޝަންގައި ވާދަކުރަން ނިންމާފައެވެ. އަދި މިތިން ޕާޓީގެ ތެރެއިން އިދިކޮޅު ޕީޕިއެމްއިންނާއ އެމްއެންޕީން މިހާރުވަނީ އެ ދެޕާޓީގެ ކެނޑިޑޭޓުންވެސް އިއުލާން ކޮށްފައެވެ. ޕީޕީއެމްއިން އެޕާޓީގެ ޓިކެޓް އަރުވާފައިވަނީ، މެމްބަރު ކަމުގައި ހުންނަވަނިކޮށް ނިޔާވި ރިޒާގެ ކޮއްކޮއަށެވެ. އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޭޕްރީމް މަހުގެ 15 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ފާއިތުވި ފެބްރުއަރީމަހު އަވަހާރަވި ރިޒާއަކީ އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ އިތުރުން، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ފާއިތުވި 14 އަހަރު މެދުނުކެނޑި ކުރައްވައިފައިވާ ބޭފުޅެކެވެ.
އަދި ރިޒާ ވަނީ، ނިމުނު 3 ދައުރުގައިވެސް މަޖިލިސް މެންބަރުކަން ކުރައްވާފައެވެ.