ޖާންވީ އަށް ސައުތުގެ ފިލްމްއެއް

ޖާންވީ އަށް ސައުތުގެ ފިލްމްއެއް

Author
ފާތިމަތު ނާވީ
08 މާރޗް 2023 06:57
0

މިދިއަ އަހަރުގެ އެންމެ ކާމިޔާބު ފިލްމް "އާރްއާރްއާރް" ގެ އެއް ތަރި ކަމުގައިވާ އެންޓީއާރް ޖޫނިއާގެ ފިލްމަކަށް ބޮލީވުޑްގެ ބަތަލާ ޖާންވީ ކަޕޫރް ސޮއިކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖޫނިއާ އެންޓީއާރްއާ އެކު ސައުތު އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ޖާންވީ ތައާރަފުވާނީ ޕެން އިންޑިއާ ގައި ބޮޑު ބަޖެޓެއްގެ ފިލްމަކުންނެވެ.

 

View this post on Instagram

 

A post shared by Jr NTR (@jrntr)

ވަގުތީ ގޮތުން އަދި ފިލްމް އަށް ދީފައިވާ ނަމަކީ "އެންޓީއާރް 30″ އެވެ. މި ފިލްމް އަށް ވަގުތީ ގޮތުން އެނަން ދީފައި ވަނީ މި އީ އެންޓީއާރްގެ 30 ވަނަ ޕްރޮޖެކްޓަށްވާތީ އެވެ.

މި ފިލްމް ގެ ޑައިރެކްޓަރަކީ ކޮރަތަލާ ސިވާ އެވެ. އަދި މި ފިލްމު ހިންދީ ބަހާއި ތަމަޅަ ބަހާއި މަލަޔާޅަމް ބަހުން ވެސް ގެނެސްދޭނެ އެވެެ. މި ފިލްމްގެ ޕޯސްޓަރުވެސް މިހަރު ވަނީ ޖާންވީ އާއި އެކުގައި ދައްކައިލައިފައިއެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

26 އަހަރުގެ ބަތަލާ އެންމެ ފަހުންފެނިގެން ދިއައީ މިދިއަ އަހަރު ގެނެސްދިން ފިލްމް "މިލީ" އިންނެވެ.  އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓް ތަކުގެ ތެރޭގައި "ބަވާލް" އާއި "މިސްޓަ އެންޑް މިސިޒް މާހީ" ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.