ސިލްސިލާ ޑްރާމާ ތަކުން ބެލުންތެރިންގެ ހިތް އަތުލާފައިވާ އެކްޓަރު ވިވިއަން ދެސޭނާ ކައިވެނިކޮށްފި އެވެ.
އޭނާ ކައިވެނި ކުރ މިސްރުގެ ނޫސްވެރިއެއް ކަމުގައިވާ ނޮއުރަން އަލީއާއެވެ. ނަމަވެސް އެދެމީހުން ކަިއވެނި ކުރީ ކޮން އިރަކު ކަމެއް އަދި ނެގެއެވެ. ބައެއް ނޫސްތަކުން ބުނާ ގޮތުގައި އެމީހުން ކައިވެނި ކޮށްގެން މިހާރު އަހަރެއްހައި ދުވަސް ވެއްޖެއެވެ. ނަމަވެސް އެއްވެސް ރަސްމީ ގޮތަކުން އެކަން އަދި ހާމައެއް ނުވެއެވެ.
މީގެ ކުރިން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިވިއަން ވަނީ ނޮއުރަންއާ ބައްދަލުވި ގޮތް ކިޔައިދީފައެވެ. އޭނާގެ އިންޓަވިއު އެއް ހޯދަން ނޮއުރަން ކުރި މަސައްކަތުން ދެމީހުން ބައްދަލުވެ ލޯބިވެވުނީ ކަމަށް އޭނާ އޭރުގައި ވަނީ ބުނެފައިއެވެ.
އަދި ދެމީހުން ބައްދަލުވީ ހަތަރު ވަރަކަށް އަހަރު ކުރިން ކަމަށާއި އޭނާއަށް ނޮއުރަން ދެކެ ވަރަށް ބޮޑަށް ލޯބި ވެވިފައި ވާކަމަށާއި ދެމީހުން މަޑުމަޑުން ވާހަކަ ދައްކަމުން ގޮސް ދެމީހުންގެ ގުޅުން ބަދަހި ވެފައި ވާކަަމަށާއި، މިހާރު އެދެމީހުން އެކަކު އަނެއްކަކު ދެކެ ވަރަށް ލޯބިވާކަމަށްވެސް އޭރުގައި އޭނާ ވަނީ ބުނެފައިއެވެ.
34 އަހަރުގެ އެކްޓަރު އުޅެނީ ކައިވެނި ސިއްރު ކޮށްގެން ކަމަށް މީޑިއާއިން ބުނަމުން އަންނަ އިރުގައި މިވާހަކަ ތަކަށް މިހާތަނަށް އަދި ވިވިއަންގެ ފަރާތުން އެއްވެސް ޖަވާބެއް ނުވަތަ ކޮމެންޓެއް ލިބިފައިއެއް ނުވެއެވެ.
ވިވިއަން ކައިވެނި ކޮށްގެން އުޅޭކަމަށް ވާހަކަ ދެކެވުން ނަމަވެސް އޭނާ ގެ އެއްވެސް ސޯޝަލް މީޑިއާ އެކައުންޓެއްގައި ހިއްސާކޮށްފައެއް ނުވެ އެވެ. ކާމިޔާބު އެތަށް ޑްރާމާ އެއް ކުޅެފައިވާ ވިވިއަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ކަލާސް އިން ނިންމާލި ސިލްސިލާ "ސިރުފް ތުމް"އެވެ.
ވިވިއަން ވަނި މީގެ ކުރިން ކައިވެންޏެއް ކޮށްފައިއެވެ. ޑްރާމާ ސިލްސިލާތަކުން ފެނިގެން ގޮސްފައިވާ މާ މަޝްހޫރު ނޫން ބަތަލާއެއް ކަމުގައިވާ ވެހްބިިޒް ދޮރަބްޖީ އާއި ވިވިއަން 2013 ގައި ކުރި ކައިވެނި ނިމުކަށް އައިސްފައިވަނި 2021 ވަނަ އަހަރުގައިއެވެ.
ކޮމެންޓު ފޮނުވާ