ހުޅުލޭގެ އިރުއުތުރު ފަރާތުގައި، ހުޅުލެއާއި ހުޅުމާލޭގެ ފަޅު ވަކި ކުރުމަށްޓަކައި، ވޯޓަރ ފެންސް ޖެހުމަށް ހަރުކޮށްފައިވާ އޮރެންޖު ބޮއި ސަރަހައްދުގައި ޕައިލިންގ މަސައްކަތް ކުރުމަށް އެސަރަހައްދުގައި އަޅާފައިވާ ކަނޑު އުޅަނދު ފަހަރުތަށް 2023 މާރިޗު 09 ވަނަ ދުވަހުގެ ކުރިން ނެގުމަށް އެމްއޭސީއެލްއިން އަންގައިފިއެވެ.
އެމްއޭސީއެލްއިން އަންގާފައިވަނީ، ކަނޑު އުޅަނދު ފަހަރުގެ ރައްކާތެރިކަމަށްޓަކާ، ހުޅުލެއާއި ހުޅުމާލޭގެ ފަޅު ވަކި ކުރުމަށްޓަކައި އޮންނަ އޮރެންޖު ބޮއި އިން ފެށިގެން އުތުރަށް (ހުޅުމާލެ ފަޅިއަށް) 20 މީޓަރު ނުވަތަ 65 ފޫޓުގެ ދުރުމިނެތްގައި ކަނޑު އުޅަނދު ބެހެއްޓުމަށެވެ.
އަދި މި ސަރަހައްދަށް ވަންނަ އެއްވެސް ކަނޑު އުޅަނދަކަށް ލިބޭ ގެއްލުމުގެ ޒިންމާ އެ ކުންފުނިން ނުނަގާނެ ކަމަށްވެސް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.
އެމްއޭސީއެލްއިން ބުނެފައިވަނީ، 2023 މާރިޗު 10 ވަނަ ދުވަހުން ފެށިގެން މި ސަރަހައްދުގައި ބަހައްޓާ ކަނޑު އުޅަނދު ފަހަރު ދިވެހި ފުލުހުންގެ ހިދުމަތުން ނަގަމުންދާނެ ކަމުގައެވެ.
One Response
އުޅަނދު ފަހަރުގެ މިވީހާތަނައް ސަރުކާރަށް ނެގިފީ އުޅަނދުފަހަޜުގެވެރިންނާ ހަވާލުކުރޭ ނޫނީ އުޅަނދު ފަހަރު އަޅާނެތަނެއް ދައްކާ ހަމަ އެކަނި އެގަމު އުޅަނދައް ނޫން ޕާކިން ޖޯނުހަދައިދޭވާނީ ކަނޑު އުޅަދަށް ވެސް ޕާކިން ޒޯނު ދޭންޖެހޭ