މިއަހަރުވެސް ސަޢޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރުމަށް ނިންމައިފި

މިއަހަރުވެސް ސަޢޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރުމަށް ނިންމައިފި

Author
އަޒްފާ ރަޝީދު
05 މާރޗް 2023 07:23
0

މިއަހަރުވެސް ސަޢޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާންމަހާއި ދިމާކޮށް ސައުދީ ސަރުކާރުން ދިވެހި ރާއްޖެއަށް އަންނަނީ ކަދުރު ހަދިޔާ ކުރަމުންނެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވީ ސައުދީން ހަދިޔާ ކުރާ ކަދުރު ރާއްޖެއަށް ލިބޭނެކަމަށް ލަފާކުރެވެނީ ރަމަޞާންމަހު ފެށޭ ހިސާބުގައިކަމަށެވެ. އަދި ފުރަތަމަ ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ލިސްޓުގައި ތިބި މީހުންނަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއަށްފަހު ގޭބިސީތަކަށް ބެހުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަ އަހަރުވެސް ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.