ފޯނެއް ސަރވިސް ކުރުމަށްފަހު ފޭކް ސްލިޕެއް ފޮނުވާފައިވާ މައްސަލައެއްގައި 3 މީހަކު ހޯދަނީ

ފޯނެއް ސަރވިސް ކުރުމަށްފަހު ފޭކް ސްލިޕެއް ފޮނުވާފައިވާ މައްސަލައެއްގައި 3 މީހަކު ހޯދަނީ

Author
ޢަލީ އާދަމް
05 މާރޗް 2023 02:10
0

ފޯނަކަށް ސަރވިސް ކުރުމަށްފަހު އަގުއަދާކުރުމުގެ ގޮތުން ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާ މައްސަލައެއްގައި 3 މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ވަނީ މިމީހުން ފެންނަ ވީޑިއޯއެއް ޢާންމުކޮށްފައެވެ.

ފުލުހުން ވިދާޅުވީ މަތީގައިވާ ވީޑިއޯއިން ފެންނަ ތިން މީހުންނަކީ އަޅިވިލާ މަގުގައި ފްރީޑަމް މޯބައިލް ސަރވިސް އިން ސަރވިސްކުރި ފޯނަކަށް، އަގު އަދާކުރުމުގެ ގޮތުން ސައްހަ ނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހުންކަމަށެވެ.

ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.