ފާޑުކިޔުންތަކަށް ދެވޭނެ އެންމެ މޮޅު ރައްދަކީ ހަނު ހުރުން: ދީޕިކާ

ފާޑުކިޔުންތަކަށް ދެވޭނެ އެންމެ މޮޅު ރައްދަކީ ހަނު ހުރުން: ދީޕިކާ

ސެލެބްރިޓީން ނަކީ އަބަދުވެސް ކޮންމެވެސް އެއް ސިފައެއްގައި ފާޑުކިޔުންތަކާއި ކުރިމަތިލާ ބައެކެވެ. ބައެއް ފަހަރު ތައުރީފާއި ރަނގަޅު ފާޑުކިއުންތަކެވެ. އަނެއްބައި ފަހަރު މަލާމާތާއި ގޯސް ފާޑުކިއުންތަކެވެ.

އަމާޒުވާ ފާޑުކިޔުންތަކަށް ދެވޭނެ އެންމެ މޮޅު ރައްދަކީ އެއިން ކަމަކާ އަޅާ ވެސް ނުލައި ހަނު ހިމޭންކަން އިހުތިޔާރު ކުރުން ކަމަށް މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ވަނީ ބުނެފައިއެވެ.

މި ފަހުން ދީޕިކާ އަށް ވަނީ ތަފާތު ފާޑުކިއުން ތަކާއި ކުރިމަތިލާން ޖެހިފައިއެވެ. އެއީ އޭނާގެ ފިލްމް "ޕަޓާން" ގައި އޭނާ ފެންނަ ގޮތާއި މެދުގައިއެވެ. މީގެ އިތުރުން ނިވާކަން ކުޑ ހެދުމާއި ޑާންސް ސްޓެޕްތަކަށްވެސް ތަފާތު ފާޑުކިއުންތަށް ވަނީ އަމާޒުވެފައިއެވެ. މި ހުރިހާ ފާޑުކިއުން ތަކަކާއި އެކުވެސް ފިލްމް ވެގެން ގޮސްފައި ވަނި ވަރަށް ކާމިޔާބު ފިލްމް އަކަށެވެ.

މީގެ އިތުރުން "ޕަޓާން" އަޅުވާ ސިނަމާތަކުގައި ރޯކުރާނެކަމުގެ އިންޒާރު ވެސް އިންޑިއާގެ ހަރުކަށި ހިންދީ ބައެއް ޖަމާއަތްތަކަށް ނިސްބަތްވާ މީހުން، ފިލްމު ރިލީޒްކުރުމުގެ ކުދިން ދިނެވެ. އަދި މަރުގެ އިންޒާރުވެސް ފިލްމްގެ ލީޑު ތަރިންނަށް ވަނީ ދީފައިއެވެ.

މީގެ އެއްވެސް ކަމަކާއި ޕަޓާންގެ ޓިމުން އަޅައެއް ނުލައެވެ. އެމިހުން މިހުރިހާ ފާޑުކިއޔުންތަކަށް ދިނީ ބީރު ކަންފަތެކެވެ. ތިބީ ހަނެވެ. އެކަމާ ބެހޭ ގޮތުން އިންޑިއާ ޓުޑޭ އަށް ދިން އިންޓަވިއުއެއްގައި ދީޕިކާ ބުނީ އޭނާ އަކީ ބަޔަކު ކިޔާހާ ފާޑުކިޔުންތަކާއި ދޭހާ އިންޒާރުތަކަށް ސަމާލުކަންދޭ މީހެއް ނޫން ކަމަށެވެ.

އޭނާ ބުނި އޭނާ އަކީ އެއް އިރެއއްގައި ވެސް ޒުވާބު ކޮށް މީހުންނާއި ދިމާކޮށް ހެދި މީހެއް ނޫން ކަމަށާއި އަދި އޭނާ ތަރުބިއްޔަތުވެސް އެކަމަށް ތަން ނުދޭ ކަމަށެވެ. އުޅެ ބޮޑުވީ ވެސް ކަންކަމާ ރައްދު ދީ، އަރާރުންތަކާއި ޒުވާބުތައް ނެތް އާއިލާއަކަށް ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

ފިލްމު ރިލީޒްކުރުމުގެ ކުރިން "ޕަތާން" އާ ދެކޮޅަށް ކިތަންމެ ހަރަކާތެއް ހިންގި ނަމަވެސް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ސިދާތު އާނަންދު ޑައިރެކްޓްކުރި މި ފިލްމް އަކީ މިއަހަރުގެ މިހާތަނަށް އެންމެ ކާމިޔާބު އެއް ފިލްމްއެވެ. އެކްޝަން ތުރިލާ ވަނީ ގިން ރެކޯޑް ތަކެއް މުގުރައި ބެލުންތެރިންގެ ވެސް މަގުބޫލުކަން ހޯދައިފައިއެވެ. 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *