އިދިކޮޅުގެ މުޒާހަރާއިން 9 މީހަކު ހައްޔަރުކޮށްފި

އިދިކޮޅުގެ މުޒާހަރާއިން 9 މީހަކު ހައްޔަރުކޮށްފި

Author
ޢަލީ އާދަމް
04 މާރޗް 2023 07:31
0

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝާއެކު 9 މީހަކު ހައްޔަރު ކޮށްފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މިކަން ހާމަކުރައްވާފައެވެ. ހައްޔަރޔުުކުރި މީހުންގެތެރޭގައި ޕީޕީއެމްގެ މަގުމަތީ ޙަރަކާތްތަކުން ޢާންމުކޮށް ފެންނަ ބައެއް މީހުން ހިމެނެއެވެ. ރޭގެ މުޒާހަރާގައިވެސް އިދިކޮޅު ފަރާތްތަކުން ވަނީ ފޮރިން މިނިސްޓަރ ޢަބްފުﷲ ޝާހިދުގެ ގެކޮޅުދޮށަށް އެއްވެ އަޑުއުފުލަފައެވެ. ޝާހިދުގެ އިސްތިއުފާއަށް ގޮވައި އެމީހުން ގޮވާލާފައިވަނީ ޝާހިދު އިސްވެހުރެ އިންޑިއާއަށް ރާއްޖޭގެ އިސްތިޤުލާލު ވިއްކާލާފައިވާކަމަށެވެ. އަދި ޝާހިދުވަނީ ޤައުމަށް ޚިޔާނާތްތެރިވެފައިވަކަމަށްވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. ރޭގެ މުޒާހަރާގައިވެސް މައިގަނޑުގޮތެއްގައި ގޮވާފައިވަނީ ރައީސް ޔާމީން މިނިވަންކުރުމަށެވެ. އަދި ރައީސް ޞާލިޙު އިސްތިއުފާދެއްވުމަށް ގޮވާލާފައިވެއެވެ.

ރޭގެ މުޒާހަރާއިން ހައްޔަރުކުރި މީހުންނާ ގުޅޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.