މީހުން ދިރިއުޅޭ ރަށްރަށަަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާ ވިއްކޭނެ ގޮތް ހަދަން ޖެހޭ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން އެކަމާއި ދެކޮޅަށް އިލްމުވެރިން ތެދުވެއްޖެއެވެ.
އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ އެއްޗެއް ހުއްދަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރައްވާއިރު، މިއީ މެމްބަރުން ކުރައްވައިގެން ތިއްބެވި ހުވަޔާއިވެސް ޚިލާފް ކަމެއްކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވަނީ ވިދާޅުވެފައެވެ. އިޔާޒް ވިދާޅުވީ ރާއްޖޭގައި ފެތުރިފައިވާ މުންކަރާތްތައް ހުއްޓުވުމުގެ ބަދަލުގައި އެކަންކަން އާންމުކޮށް ހިތްވަރު ދުނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިފަދަ މެމްބަރުން ދެވަނަ ދައުރަކަށް ނުހޮވުމަށް ރައްޔިތުން ވަރަށްބޮޑު އިސްކަމެއް ދޭންޖެހޭކަމަށް އިޔާޒު ވިދާޅުވިއެވެ.
Fethurifaivaa munkaraatheh huttuvumuge badhalugai ekameh aanmu kuran @mvpeoplesmajlis ge member in govaalavvaa nama e beyfulhun kuravvaigen thibbevi huvayaai khilaafu vevuny. Mi fadha beyfulhun ithuru dhaurakah nuhovumah rayyithun visnavan jehey.
— Dr.Mohamed Iyaz (@dr_iyaz) November 27, 2020
މަޖިލީހުގައި ރާ ހުއްދަ ކުރުމަށް ދެކެވުނު ވާހަކަތާއި ގުޅިގެން ޝައިޚު އަނީލް ވިދާޅުވީ ދީނާއި ދެކޮޅު ކަންކަމަށް ހިއްވަރުދީ، ދީނަށް ހަޖޫޖަހައި، ދީނާއި ދެކޮޅު ހަރަކާތް ހިންގުމަށް މިފަސްގަނޑުން އެއްވެސް ބަޔަކަށް ޖާގަ ނުލިބޭނެ ކަމަށެވެ. އަދި އެފުރުސަތު މިފަސްގަނޑުން ނުލިބޭނެކަމަށް އަނީލް ވަނީ ވަނީ ވިދާޅުވެފައެވެ. އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ ބޮޑެތި ކުށްތަކަށް އަރައި ގަތުމަކީ އެއްވެސް ބަޔަކަށް ލިބިގެންވާ ހުއްދައެއް ނޫންކަމަށް އަނީލް ވިދާޅުވިއެވެ.
Allah iraadha kurevviyyaa, Islam dheenah hajoo jahai dheenaa dhekolhuverivumashaai Athiesm fethurumah evves furusatheh nudheynan.
hama eyaaeku, islam dheenuge namugai, dheenugai nahee kuravvaafaivaa bodethi kuh thakah araigathumah ves alhugandumen furusathu nudheynan.— Aneel (@aneelmv) November 27, 2020
ޓްއަރިޒަމް ޤާނޫނަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން މެންބަރު ޝިޔާން ވިދާޅުވީ ލޯކަލް ޓޫރިޒަމް ރާއްޖޭގައި މިހާ ބޮޑަށް ފެތުރިގެންދާއިރު، ރިސޯޓުތަކަށްދާ ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ ލިބޭ ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް އެތެރޭގައި ނުވަތަ ބޭރުގައި ވިޔަސް ބަނގުރާ ލިބޭނެ ގޮތް ހެދުމަކީ ވަރަށް ގިނަ މީހުންގެ އެދުމެއް ކަމަށް މެންބަރު ޝިޔާން ވިދާޅުވިއެވެ.
ރަށުގައި، ފަޅުތެރޭގައި ވިޔަސް، ވިލެއްގައި ވިޔަސް، ކަނޑު ތެރޭގައި ވިޔަސް އެޚިދުމަތް މީހުން ދިރިއުޅޭ ރަށްރަށަށް އަންނަ ފަތުރުވެރިންނަށް އޮންނަން ޖެހޭ ކަމަށް ޝިޔާނު ވިދާޅުވިއެވެ.
އޭނާގެ މިވާހަތަކާއި ގުޅިގެން ގިނަބަޔކު މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މީހުން ދިރިއުޅޭ ރަށްތަކުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ބަނގުރާ އާންމު ކުރުމަށް ކުރި މަސައްކަތާއި ދެކޮޅަށްވެސް ގިނަބަޔަކު ވަނީ ނިކުމެ އިހުތިޖާޖު ކޮށްފައެވެ. އަދި މިފަދަ ކަންކަން ހުއްދަ ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ދެކޮޅަށް ދީނީ އިލްމުވެރިން އެކައްޗެއް ކިޔައި މިފަދަ ކަންކަން ހުއްޓުވުމަށް ވަރަށްބޮޑަށް މަސައްކަތް ކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ