ބޮލީވުޑްގެ އަރަމުން އަންނަ ޒުވާން ބަތަލާ އަލާޔާ އެފް އޭނާގެ ކުރިއަށް އޮތް ފިލްމް އާއި ބެހޭ ގޮތުން ވާހަކަ ދައްކައިފިއެވެ. މީގައި އޭންމެ ފާހަގަ ކޮށްލެވޭ އެއް ވާހަކަ އަކީ ފިލްމް ގެ ކޯ ސްޓާ ރާޖްކުމާރު ރާއޯ އަށް އޭނާ ކުރި ތައުރީފްއެވެ.
އަލާޔާ ވަނީ އޭނާގެ ކުރިއަށް އޮތް ބައޮޕިކް "ސްރީ" އާއި އޭނާގެ ކޯ ސްޓާ ރާޖްކުމާރު ރާއޯއާ އެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ކިޔައިދީފަ އެވެ. މި ފިލްމަކީ ލޮލަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކާމިޔާބު ވިޔަފާރިވެރިއެއް ކަމަށްވާ ޝްރިކާންތު ބޯލާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.
ނިއުސް ޕޯޓަލްއަކަށް ދިން ހާއްސަ އިންޓަވިއުއެއްގައި އަލާޔާ ވަނީ ފިލްމުގެ ޓައިޓަލް ރޯލް ކުޅޭ އޭނާގެ ކޯ ސްޓާ ރާޖްކުމާރުއާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. ބަތަލާ ބުނީ ޝޫޓިން ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި ޑިސެމްބަރު މަހު ޝޫޓްކޮށްފައި ވަނީ މަދު ދުވަސްކޮޅަކަށް ކަމަށާއި މި އަހަރުގެ ޖެނުއަރީ މަހު އަލުން ޝޫޓިން ފަށާފައިވާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި މިހާތަނަށް ޝޫޓްކުރި ކޮންމެ ކަމަކީ ވެސް ވަރަށް އުފާވެރި ތަޖުރިބާއެކެވެ. އަލާޔާ ވަނީ އޭނާގެ ކޯ ސްޓާ ރާޖް "އިންކްރެޑިބަލް" ކަމަށް ސިފަކޮށްފަ އެވެ.
އަލާޔާ އެންމެ ފަހުން ފެނިގެން ދިޔައީ އަނޫރާގް ކަޝްޔަޕްގެ ރޮމޭންސް ޑްރާމާ " އޯލްމޯސްޓް ޕިޔާރު ވިތު ޑީޖޭ މުހައްބަތު" އިންނެވެ. މި ފިލްމް ގެ ކާސްޓުގައި އަލާޔާ ގެ އިތުރުން ވިކީ ކޯޝާލް އެމްބާ އާރީވެސް ހިމެނެއެވެ.