އެމްއޭސީއެލުން ޓެންޑާގެ މަސައްކަތްތަކަށް އޮންލައިން ޕޯޓަލްއެއް

އެމްއޭސީއެލުން ޓެންޑާގެ މަސައްކަތްތަކަށް އޮންލައިން ޕޯޓަލްއެއް

ޓެންޑަރާއި ގުޅުންހުރި މަސައްކަތްތައް ސްޓްރީމްލައިންކޮށް އޮޓޮމެޓިކްކޮށް، އެކަން ކަށަވަރުކުރުމަށް އާ ޓެންޑާ ޕޯޓަލެއް އުފެއްދުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

އެމްއޭސީއެލް އިން ބުނީ އެ ޕޯޓަލް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ބީލަމުގެ ހުރިހާ ހަރަކާތެއްގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިޔަށް ގެންދިއުން ކަމަށެވެ. އެ ޕޯޓަލް ލޯންޗު ކުރުމަށް ނިންމާފައި ވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ ޕޯޓަލްގެ ސަބަބުން ވެންޑަރުންނަށް ރަޖިސްޓްރީ ކުރުމަށާއި އަދި ބަލާލުމުގެ އިތުރުން ރިކުއެސްޓް ފޯ ކޯޓޭޝަން (އާރްއެފްކިއު) އަދި އެމްއޭސީއެލުން ދޫކުރާ އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް (އީއޯއައި) އަށް ޖަވާބުދާރީވުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

އެ ޕޯޓަލް ފަރުމާކޮށްފައި ވަނީ ޕްރޮކިއުމަންޓް ޕްރޮސެސްގައި ހާމަކަން ބޮޑުކޮށް، އިންސާފުވެރިކަން ކަށަވަރު ކުރެވޭނެހެނެވެ. އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ އަމާޒަކީ އެމްއޭސީއެލްގެ ޓެންޑަރިން ހަރަކާތްތަކުގައި ބައިވެރިވުމަށް އިތުރު ވެންޑަރުން ޝައުގުވެރި ކުރުވުން ކަމަށެވެ. އަދި ފިޒިކަލް ސަބްމިޝަންތަކުގެ ބޭނުން ނައްތާލައި، ހެދޭ ގޯސްތައް މަދުކޮށް ޕްރޮކިއުމަންޓް ޕްރޮސެސް ރަނގަޅުކޮށް އިތުބާރު ކުރެވޭ ގޮތަށް ކުރިއަށް ގެންދިއުން ކަމަށް ވެސް އެމްއޭސީއެލް އިން ބުނެއެވެ.

މި ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް ވެންޑަރުންނަށް އެމްއޭސީއެލްގެ ވެބްސައިޓް www.macl.aero ގެ ‘ޓެންޑަރ’ ޕޭޖަށް ޒިޔާރަތްކޮށް ‘ޓެންޑަރ ޕޯޓަލް’ އަށް ދިއުމަށްފަހު ރަޖިސްޓްރޭޝަން ފޯމު ފުރުމަށްފަހު ވެންޑަރ ޕްރޮފައިލް އަޕްޑޭޓް ކުރެވޭނެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް އެކްޓިވް އާއި އަރުޝީފް، އަދި އަމިއްލަ ބީލަންތައް ޕޯޓަލްގައި ބަލާލެވޭނެއެވެ.

އެކުންފުނިން ބުނީ ބީލަން ޕޯޓަލަކީ އެމްއޭސީއެލްގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *