އައްޔަ އެދެނީ އޭނަގެ ނިންމުމަށް ހުރިހާ ބޭފުޅުންވެސް އިޚުތިރާމް ކުރުމަށް

އައްޔަ އެދެނީ އޭނަގެ ނިންމުމަށް ހުރިހާ ބޭފުޅުންވެސް އިޚުތިރާމް ކުރުމަށް

Author
މުޙައްމަދު ޝަޒައިމް
27 ނޮވެމްބަރ 2020 09:15
0

ރާއްޖޭގެ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ އަލީ ޝާހިދު (ސްޓެޕް އައްޔަ) ތައުބާވެ ފިލްމް ކުޅުން ހުއްޓާލިކަން އިއުލާން ކުރުމުން ބައެއް ބޭފުޅުންގެ ފަރާތުން ލިބެމުންދާ ފާޑިކިޔުންތަކާއި ގުޅިގެން ހުރިހާ ބޭފުޅުންވެސް އޭނާގެ ނިންމުމަށް އިޚްތިރާމް ކުރުމަށް އޭނާ އެދިއްޖެއެވެ.

އައްޔަ ވަނީ ފިލްމީ ދާއިރާގައި 23 އަހަރު ހޭދަކޮށްފައެވެ. ފިލްމީ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގައިވެސް އެކި ދުވަސް ވަރުގައި ހަރަކާތްތެރިވި އައްޔަ ބުނެފައިވަނީ އޭނާ ތައުބާވެފައިވަނީ، މިކަންކަމީ އެއްވެސް ފައިދާތް ކަންތައްތަކެއްކަން އިޚުސާސް ކުރެވުމުންކަމަށެވެ.

އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ފިލްމީ މަސައްކަތާއި ނެށުމާއި ލަވަކިޔުން ﷲ އަށްޓަކައި ހުއްޓާލަން ނިންމައިފިން ކަމަށެވެ. އަދި މިކަމުގައި ހޭދަވި 23 އަހަރަކީ ލިބުނު ވަރަށް ހިތްދަތި ތަޖުރިބާއެއްކަމުގައެވެ. މިކަމުން ލިބުނު ހަޤީޤީ އުފަލެއްނެތި، ހަޤީޤީ ހިތްހަމަޖެހުމެއްވެސް ލިބިފައި ނުވާކަމަށެވެ. އޭނާ މިހާރު ބޭނުންވަނީ ﷲ ރުއްސަވާ އަޅެއްގެ ގޮތުގައި ހަޔާތުގެ ބާކީ ބައި ހޭދަކުރުމަށް ކަމުގައި އަލީ ބުނެފައިވެއެވެ.

އައްޔަގެ މިނިންމުމާއި ގުޅިގެން ގިނަ ބޭފުޅުން އޭނާގެ ނިންމުމަށްވަނީ މަރުހަބާ ކިޔާވަފައެވެ. އަދި ހެޔޮވިސްނުން ދެއްވައި، އެވިސްނުންމަތީ ސާބިތުވެ ހުންނެވުމަށް ވަނީ ހިއްވަރުދީފައެވެ. ނަމަވެސް ބައެއް ބޭފުޅުންނަށް މިކަމުގައި އައްޔަށް ނިސްބަތްކޮށް ދައްކާ ވާހަތަކާއި ގުޅިގެން އޭނާވަނީ ހުރިހާ ބޭފުޅުންވެސް އޭނާގެ ނިންމުމަށް އިޚުތުރާމު ކުރުމަށް އެދިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.