މަންމަ އަކަށް ވުމަށްފަހު އަނުޝްކާ ވީ ގުރުބާނީ އަށް ވިރާޓްގެ ތައުރީފް

މަންމަ އަކަށް ވުމަށްފަހު އަނުޝްކާ ވީ ގުރުބާނީ އަށް ވިރާޓްގެ ތައުރީފް

Author
ފާތިމަތު ނާވީ
03 މާރޗް 2023 07:55
0

އިންޑިއާގެ ގައުމީ ކްރިކެޓް ޓިމްގެ ކެޕްޓަން ވިރާޓް ކޯލީ އަކީ އަބަދުވެސް އޭނާގެ އަންހެނުން އަނުޝްކާ ޝަރުމާ އަށް ވަރަށް ތައުރީފް ކޮށް ވާހަކަ ދައްކާ މީހެކެވެ.

އެގޮތުން އޭނާ އަނެއްކައިވެސް މިވަނީ އަނުޝްކާ ކުރާ ބުރަ މަސައްކަތް ތަކުގެ އަގު ވަޒަން ކޮށް އަނުޝްކާ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށް ވާހަކަ ދައްކައިފައިއެވެ.

2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގައި އަނުޝްކާ އާއި ވިރާޓް ކަިއވެނި ކުރީ އިޓަލީގައި ބޭއްވި ވަރަށް ޕްރައިވެޓް ރަސްމިއްޔާތެއްގައިއެވެ. މި ކައިވެނީގައި ބައިވެރި ވެފައި ވަނީ ހަމައެކަނީ ދެމީހުންގެ އާއިލާ މެމްބަރުންނާއި ވަރަށް ގާތް ރަހުމަތެރިން އެކަންޏެވެ.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

ކައިވެންޏަށް ފަސް އަހަރު ފުރުނުއިރު ދެމަފިރިންނަށް ވަމިކާ ކިޔާ އަންހެން ދަރިއެއް ވަނީ ލިބިފައިއެވެ. އަނުޝްކާ ބަނޑުބޮޑު ކަން ހާމަ ކުރީ ކޮވިޑް -19 ގެ ބަލިމަޑުކަމުގެ ތެރޭގައި ލޮކްޑައުންގައިއެވެ. އަދި އެމީހުންނަށް ދަރިއަކު ލިބުނީ 2021 ވަނަ އަހަރުގެ ޖެނުއަރ މަހުގެ ތެރޭގައިއެވެ.

އެއާއި އެކުގައި އޭނާގެ ހުރިހާ ވަގުތެއް ދަރިފުޅަށް ހަދިޔާ ކުރިއެވެ. އަދި އެނާ ވަނީ މީޑިއާއިން ދަރިފުޅު ސަލާމަތް ކުރުމަށްވެސް ގިން ފިޔަވަޅު ތަކެއް އަޅައިފައިއެވެ.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

ވަރަށް ފަހުން ވިރާޓު ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި އެމީހުންގެ ޒަވާޖީ ހަޔާތަށްޓަކައި އަނުޝްކާ ވަރަށް ގިނަ ގުނަ ގުރުބާނީތަކެއް ވެފައިވާ ކަމަށެވެ. އަދި އޭނާ އަށް ހިތްވަރު ލިބެނީ އޭނާގެ އަންހެނުންގެ ގުރުބާނީން ކަމަށްވެސް މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ބުންޏެވެ.

ވިރާޓް ބުނީ ދަރިއަކު ލިބުން ފަހުން އަދި އަނުޝްކާ ވަނީ ވަރަށް ބޮޑެތި ގުރުބާނީ ތަކެއް ވެފައި ކަމަށެވެ. އަދި ދިރިއުޅުމުގައި ދިމާވާ ގިން ކަންކަން އެނާ ހައްލު ކުރަން އެންމެ ބޮޑު އެހީތެރި ކަމެއް ލިބެނީ އަނުޝްކާގެ ފަރާތުން ކަމަށް ވެސް ބުނެފައިއެވެ.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

އަނުޝްކާ ވެސް ވަނީ އެކި ފަހަރުމަތިން ވިރާޓް އަށް ތައުރީފް ކޮށް މީޑިއާގައި ވާހަކަ ދައްކައިފައިއެވެ. އަދި އެމީހުން އުޅެމުން އަންނަނީ ވަރަށް އުފަލުން ކަމަށްވެސް އޭނާ މީގެ ކުރިން ވަނީ އެތަށް ފަހަރަކު ބުނެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.