އެމްޑީޕީ ފުވައްމުލަކު ސިޓީ ރައީސްގެ ބައި- އިލެކްޝަން އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އެމްޑީޕީން ނިންމައިފިއެވެ.
އެޕާޓީން ބުނީ އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީ ފުވައްމުލަކު ސިޓީގެ ރައީސް ހޮވުމަށް ބާއްވާ ބައި- އިލެކްޝަންގެ އިންތިހާބުގެ ވޯޓުލުން އޮންނީ އެދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށެވެ. މިއިންތިހާބުގައި ފުވައްމުލަކު ސިޓީގެ 2076 އެމްޑީޕީގެ މެމްބަރުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ.
އިންތިހާބުގައި ވާދަކުރާ 4 ކެނޑީޑޭޓުން:
ކެނޑިޑޭޓް ނަމްބަރު1: އަޙްމަދު މުޖުތަބާ
ކެނޑޭޓް ނަމްބަރު2: ހަސަން ވާސިފް ހުސައިން،
ކެނޑިޑޭޓް ނަމްބަރު3: ސައުދު އަޙްމަދު ހަސަންދީދީ
ކެނޑިޑޭޓް ނަމްބަރު4: މުޙައްމަދު ނޫރު އަޙްމަދު
މި އިންތިހާބުގައި މާލޭގައި ބަހައްޓާ ވޯޓުފޮއްޓަށް ވޯޓުލުމަށް 399 މީހުން ރީރެޖިސްޓަރ ކޮށްފައިވެއެވެ. އިންތިހާބުގެ ވޯޓުލުން މާލޭގައި ބާއްވާގޮތަށް ހަމަޖެހިފައިވަނީ އެމްޑީޕީ ހަރުގޭގައެވެ. އަދި ފުވައްމުލަށް ސިޓީގެ 3 ސުކޫލެއްގައި މިއިންތިހާބުގެ ވޯޓުފޮށި ބަހައްޓާނެއެވެ. އެގޮތުން ފުވައްމުލަކު އުތުރު ދާއިރާ މުޙައްމަދު ޖަމާލުއްދީންސުކޫލާއި، ފުވައްމުލަކު މެދު ދާއިރާ ޏ.އަތޮޅު ތައުލީމީ މަރުކަޒު އަދި ފުވައްމުލަކު ދެކުނު ދާއިރާ ފުވައްމުލަކު ސުކޫލުގައި ވޯޓް ފޮށި ބަހައްޓާނެއެވެ.
ކޮމެންޓު ފޮނުވާ