ރިޔާސީ އިންތިޚާބުގެ މައި މަރުކަޒުގެ ގޮތުގައި ދަރުބާރުގެ

ރިޔާސީ އިންތިޚާބުގެ މައި މަރުކަޒުގެ ގޮތުގައި ދަރުބާރުގެ

ގުޅުންހުރި

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސައިފިއެވެ.

އިންތިޚާބުގެ ކަންކަން ހަމަޖެއްސުމަށް މައިމަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސާފައިވާކަމަށާއި މިކަން ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ގުޅިގެންކަމަށް އިލެކްޝަންސް ކޮމިޝަނުް ހާމަކޮށްފައިވެއެވެ.

އިންތިޚާބާއި ގުޅުން ހުރި ކަންކަން ކުރުމަށް އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ދަރުބާރުގެ ބޭނުންކުރަން ފެށުމަށް ނިންމާފައިވާކަމަށްވެސް އެކޮމިޝަނުން ހާމަކޮށްފައިވެއެވެ. އަދި އޭގެ ކުރިން ދަރުބާރުގެއަށް އެއްވެސް މަރާމާތެއް ކުރަންޖެހޭކަމުގައިވާނަމަ އެކަން މިމަސް ތެރޭގައި ނިންމާ، އަންނަ މަހު އެތަން ބޭނުންކުރެވޭނެ ގޮތެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެކޮމިޝަނުން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ މައިމަރުކަޒުގެ ގޮތުގައި އެންމެފަހުން ބޭނުންކޮށްފައިވަނީ ބާޖަމާލުއްދީން ސްކޫލް ޢިމާރާތެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ