ހުކުރު މިސްކިތުގައި ހުރި ބައެއް ގަސްތައް ފޭސް 2 އަށް ބަދަލުކުރަން ފަށައިފި

ހުކުރު މިސްކިތުގައި ހުރި ބައެއް ގަސްތައް ފޭސް 2 އަށް ބަދަލުކުރަން ފަށައިފި

Author
އަޒްފާ ރަޝީދު
01 މާރޗް 2023 05:41
0

މާލޭގެ ހުކުރު މިސްކިތުގައި ހުރި ގަސްތަކެއް ހުޅުމާލެ ފޭސް 2 އަށް ބަދަލުކުރަން ފަށައިފިއެވެ.

ނެޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖްހެރިޓޭޖްއިން ހާމަކޮށްފައިވާ ގޮތުގައި މާލޭގެ ހުކުރު މިސްކިތުގައި ހުރި ގަސްތަކަކުން މަހާނަ ގާތަކަކަށް ގެއްލުން ލިބޭތީ، އެ ގަސްތައް ހުޅުމާލެ ފޭސް 2 އަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ.

މިނިސްޓަރީން ބުނެފައިވާ ގޮތުގައި ހުކުރު މިސްކިތުގެ ދެކުނު ފަރާތަށްވާ ގޮތަށް ހުރި ގަސްތަކެއްގެ ސަބަބުން ގަބުރުސްތާނުގައި ހުރި މަހާނަ ގާތަކަށް އެކި ވަރުގެ ގެއްލުން ލިބެމުންދާ ކަމަށް ހާމަކޮށްފައިވެއެވެ.

އަދި މިނިސްޓްރީއާއި އެޗްޑީސީއާ ގުޅިގެން އެ ގަސްތައް ހިޔާ ޓަވަރު ކައިރީގައި ހަދާ ޕާކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށަފައިވާ ކަމަށް މިނިސްޓްރިއިން މަޢުލޫމާތުދީފައިވެއެވެ.

ހިޔާ ޕާކަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ މަހާނަ ގާތަކަށް އެންމެ ބޮޑެތި ގެއްލުންތައް ލިބޭ ތިން ގަހެއް ކަމަށް ވެސް މިނިސްޓަރީން ބުނެފައިވެއެވެ. އަދި އެ ތިން ގަހުގެ މޫތައް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށްވެސް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.

މަހާނަ ގާތަކަށް ގެއްލުން ލިބޭތީ މީގެ ކުރިން ވެސް ދެ ގަހެއް ސެންޓްރަލް ޕާކަށް ބަދަލުކޮށްފައިވެއެވެ.

މި ހަފްތާގެ ތެރޭގައި މި މަސައްކަތް ނިމޭނެކަަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.