ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމުގެ ބިރު ދައްކައިގެން ސޮވަރިން ގެރެންޓީ ހޯދަން އުޅޭ ވާހަކަ ދޮގުކޮށްފި

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމުގެ ބިރު ދައްކައިގެން ސޮވަރިން ގެރެންޓީ ހޯދަން އުޅޭ ވާހަކަ ދޮގުކޮށްފި

ޖުމުހޫރީ ޕާޓީގެ ލީޑަރު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމުގެ ބިރު ސަރުކާރަށް ދައްކައިގެން، 100 މިލިއަން ޑޮލަރުގެ ސޮވެރިންގ ގެރެންޓީއެށް ސަރުކާރުން ހޯދާން އުޅޭ ވާހަކަ ގާސިމްގެ ފަރާތުން ދޮގު ކޮށްފިއެވެ.

ގާސިމް ރިޔާސީ އިންތިޚާބަށް ވާދަކުރައްވާނޭކަމަށް ބުނެ، އެކަމުގެ ބިރު ސަރުކާރަށް ދައްކައިގެން ބޮޑު ލޯނަކަށް ދައުލަތުގެ ސޮވެރިންގ ގެރެންޓީ ހޯދާން އުޅުއްވާކަމަށް ރިޕޯޓު ކޮށްފައިވަނީ "ދެންމެ" ނަމަކަށް ކިޔާ އޮންލައިން ނޫހެއްގައެވެ.

މި ނޫހުގައި ލިޔެފައިވާ ގޮތުން ގާސިމްވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް 500 މިލިއަން ރުފިޔާގެ ބަޖެޓެއްވެސް ކަނޑައަޅުއްވާފައެވެ.

މި ނޫހުން ޓުވީޓު ކޮށްފައިވާ މި ޚަބަރަށް ރައްދު ދެއްވަމުން، ދާދިފަހުން ގާސިމް އެބޭފުޅާގެ އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރައްވާފައިވާ، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުން އިލްހާމް އަހުމަދު ވިދާޅުވެފައިވަނީ އެއީ ދޮގު ޚަބަރެއް ކަމުގައެވެ.

"މިއީ ކަނޑައެޅިގެން ދޮގު ހަބަރެއް، މިފަދަ ދޮގު ހަބަރުތައް ނުފެތުރުމަށް އެދެން،" އެނޫހުން ޓުވީޓު ކޮށްފައިވާ ޚަބަރަށް ޓުވީޓަކުން ރައްދު ދެމުން އިލްހާމް ޓުވީޓު ކޮށްފައި ވެއެވެ.

އަންނަ ސެޕްޓެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަމަށް ގާސިމް އިބުރާހިމް ވިދާޅުވެފައި ނުވިނަމަވެސް، ގާސިމްގެ ޕާޓީ، ޖުމުހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްއިންވަނީ އެޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފައެވެ.

އަދި މި ކޮންފަރެންސް ނިންމުމުގެ ޖަލްސާގައި ގާސިމްވަނީ، ރައީސް ސާލިހަށް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެފައިވާ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށްބޮޑަށް ތައުރީފްކޮށް ވާހަކަވެސް ދައްކަވާފައެވެ.

އެއަށްފަހު މިއަދުގެ ވަގުތެއްގައި، ގާސިމްގެ އެޑްވައިޒަރުކަމަށް އައްޔަން ކޮށްފައިވާ އިލްހާމް އަހުމަދު މިއަދުވަނީ، އެމްޑީޕީގެ ފިކުރެގެ ދިރުން ޓީމާއި ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ބައްދަލު ކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކޮށްފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީއާއި "ފިކުރެއްގެ ދިރުން" ސިޔާސީ ހަރަތް އެއް ފިކުރެއްގައި މަސައްކަތް ކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުންނެވެ. އެހެންނަމަވެސް މި ބައްދަލު ވުމާއި ގުޅޭ އިތުރު މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

ޖުމުހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމާއި ގުޅޭ އެންމެ ފަހުގެ ނިންމުން ނިންމާނީ އެޕާޓީގެ ކައުންސިލުންނެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. ާގާސިމެއްނޫން އެއްވެސް މީހަކު ކޮންމެހެން ނުޖެހޭ ގައުމު ވިއްކާ ފަނާކޮށް ގައުމު ބަރަހަނާކޮށް ގައުމު އަޅުވެތިކުރާ މީހެއްގެ ފަހަތުގާ އަޅުންގެ އަޅުންނަށް ވެގެން ތިބޭކަށް.

  2. ގާސިމަކީރައީސްކަމަށް ކުފޫހަމަވާ މީހެއްނޫ ގާސިމް ބޮލައް ހުތް އަޅާދީގެން ކައިރީގަތިބި ބަޔަކު އޭގެމަންފާހޯދަނވެގެން އެއުޅެނި

Leave a Reply

Your email address will not be published. Required fields are marked *