ހިލްޓަންއަށް 24 މިލިއަން ޑޮލަރު ދޭންޖެހޭ މައްސަލަ އިސްތިއުނާފް ކޮށްފި

ހިލްޓަންއަށް 24 މިލިއަން ޑޮލަރު ދޭންޖެހޭ މައްސަލަ އިސްތިއުނާފް ކޮށްފި

Author
ހުސެއިން
28 ފެބްރުއަރީ 2023 08:59
0

ހިލްޓަން ކުންފުންޏަށް 24 މިލިއަން ޑޮލަރު ދެއްކުމަށް، ސިންގަޕޯރގެ އާރބިޓްރޭޝަންއިން ސަން ޓްރެވަލްސްއަށް އަންގާފައިވާ އެންގުން ހުއްޓުވޭނެ އެއްވެސް ހަމައެއް ނެތްކަމަށް ނިންމާ، އެ މުއާމަލާތުގެ ދަށުން މިހާތަނަށް ހިލްޓަން ކުންފުންޏަށް ދައްކާން ޖެހިފައިހުރި ބާކީ ފައިސާ އެކުންފުންޏަށް 2 ހަފްތާ ތެރޭގައި ދައްކާ ޚަލާސްކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

ފާއިތުވި ހަފްތާގެ ބުރާސްފަތި ދުވަހު އެމައްސަލަ ސަން ޓްރެވަލްގެ ލޯޔަރުންގެ ޓީމުން ހައި ކޯޓަށް ހުށަހަޅާފައި ވިނަމަވެސް، އެމައްސަލަ ބަލައިގަތުމާމެދު އެކޯޓުން އަދި ގޮތެއް ނިންމިކަމެއް އެގިފައެއް ނުވެއެވެ.

މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސްކަންވެސް އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރަވެލްސް ކުންފުނިން، އިރުފުށި ހިންގުމަށް ހިލްޓަންއާއެކު ހެދި އެއްބަސްވުން 2013ވަނަ އަހަރު ސަންޓްރަވެލް ކުންފުނިން ބާތިލް ކުރުމާއި ގުޅިގެން، ހިލްޓަންއިން ސިންގަޕޯރގެ އާބިޓްރޭޝަންއަށް ދިއުމުން އެ އާބިޓްރޭޝަންގެ މަރުހަލާއިން ނިންމާފައިވަނީ ހިލްޓަންއަށް ސަން ޓްރަވެލްސްއިން 24 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމުގައެވެ.

ސިންގޕޯރ އާބިޓްރޭޝަންއިން މިގޮތަށް ނިންމާފައިވަނީ 2015ވަނަ އަހަރުއެވެ. ކޯޓުގެ ތަންފީޒީ މަރުހަލާއިންވަނީ މީގެކުރިން ވަނީ 24 މިލިއަން ޑޮލަރުގެ ތެރެއިން ބެއެއް އަތުލާފައެވެ.

އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކުރުމަށް ހިލްޓަންއިން ސިވިލް ކޯޓަށް ދިއުމުން އެކޯޓުން ނިންމާފައިވަނީ އާބިޓްރޭޝަން މަރުހަލާގެ ނިންމުން ބަލައި ނުގަންނާންޖެހޭ އެއްވެސް ސަބަބެއް ނެތަތީވެ، މު މުއާމަލާތުގައި މިހާތަނަށް ނުދައްކާ ހުރި ފައިސާ ޖޫރިމަނާއެކީ ސަން ޓްރަވެލްސްއިން ދައްކާން ޖެހޭނެ ކަމުގައެވެ.

ސަން ޓްރަވެލްއިން ކޯޓުގައި ވަކާލާތު ކޮށްފައިވަނީ، ހިލްޓަންއިން ހެދި އެއްބަސްވުން ހަދާފައިވަނީ އޮޅުވާލައިގެން ކަމަށް ބުނެއެވެ. އަދި އާބިޓްރޭޝަންގެ ގާނޫނުގެ ދަށުން، ސިނަގްޕޯރ އާބިޓްރޭޝަންގެ ނިންމުން ބަލައި ނުގަތުމަށްވެސް ކޯޓުގައި ސަން ޓްރަވެލްއިން އެދިފައި ވެއެވެ. ކޯޓު މަރުހަލާގައި ސަން ޓްރަވެލްއިން ބުނެފައިވަނީ އާބިޓްރޭޝަންގެ ނިންމުމަކީ ދައުލަތުގެ އާންމު ސިޔާސަތާ ހިލާފު ނިންމުމެއްކަމުގައެވެ.

އެހެންނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓުގެ ނިންމުމަކާއި ހަވާލާދީ، ސިވިލް ކޯޓުން މިމައްސަލާގައި ހުކުމް ކޮށްފައިވަނީ އާބިޓްރޭޝަން މަރުހަލާގެ ނިންމުމަކީ އެނިންމުމާމެދު ސިވިލް ކޯޓަށް ގޮތް ކަނޑައެޅޭނެ ނިންމުމެއް ނޫން ކަމުގައެވެ.

އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު، ފާއިތުވެދިޔަ ހަފްތާގައިވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ސާލިހަށް ތާއީދު ކުރުމަށް ނިންމާފައެވެ. އަދިއ އެޕާޓީން ބުނެފައިވަނީ މި ނިންމުމަކީ ކުރިޔަށްދާ 24 މިލިއަން ޑޮލަރުގެ މައްސަލައާއި ގުޅުން އޮތް ކަމެއް ނޫންކަމަށާއި، ކޯޓުގެ ހުކުމާއި އެއްގޮތަށް މި ފައިސާ ދެއްކުމުގެ ގާބިލްކަން އެކުންފުނީގައި އެބަހުރި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.