އަންހެނަކާއި އޭނަގެ 3 ދަރިންނަށް ޖިންސީ ގޯނާކުރި 2 މީހަކު ހައްޔަރުކޮށްފި

އަންހެނަކާއި އޭނަގެ 3 ދަރިންނަށް ޖިންސީ ގޯނާކުރި 2 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
26 ނޮވެމްބަރ 2020 10:12
0

އުތުރުގެ ރަށެއްގައި އަންހެނަކާއި އޭނަގެ 3 ދަރިންނަށް ޖިންސީ ގޯނާ ކުރަމުންދާ މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އުތުގެ ރަށެއްގައި އަންހެނަކާއި އޭނާގެ 3 ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާއާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި މިހާތަނަށް 2 މީހަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވާކަމަށެވެ. މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކާއި، 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

39 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ 10:30 ގައެވެ. އަދި 24 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ހެދުނުގެ 9:51 ގައެވެ. މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަ ތަކަކށް ވުމާއިއެކު، ރައްޔިތުން މިފަދަ މައްސަކަތަކށް ސަމާލުވެ ތިބުމަށް ފުލުހުން ވަނީ ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.