ޒެލެންސްކީ ނިދިކުރައްވަން ބޭނުން ކުރައްވާ އާދައިގެ ކޮޓަރިކޮޅު

ފާއިތުވި އެއް އަހަރު ޒެލެންސްކީ ދިރިއުޅުއްވި ވަގުތީ އެކޮމޮޑޭޝަން ނޫސްވެރިންނަށް ދައްކާލައިފި

ފާއިތުވި އެއް އަހަރު ޒެލެންސްކީ ދިރިއުޅުއްވި ވަގުތީ އެކޮމޮޑޭޝަން ނޫސްވެރިންނަށް ދައްކާލައިފި

ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށިފަހުން، ޔޫކުރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ދިރިއުޅުއްވަމުން ގެންދަވާފައިވާ، އެނާގެ އޮފީހުގައި ގާއިމްކޮށްފައިވާ ވަގުތީ އެކޮމޮޑޭޝަން، ޔޫކުރެއިންގެ ޓީވީ ޖާނަލިސްޓުންނަށް ދައްކާލައިފިއެވެ.

"މިއީ އަހަރެން ދިރި އުޅެމުންދާތަން،" ޔޫކުރެއިންގެ ޓީވީއެއްގެ 1+1 ޗެނަލްގެ ނޫސްވެރިއަކަށް، ފާއިތުވި 1 އަހަރު ޒެލެންސްކީ ނިދި ކުރެއްވި އާދައިގެ ކުޑަ ކޮޓަރި ދައްކަވާލައްވަމުން ވިދާޅުވެފައިވެއެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި، ފާއިތުވި އަހަރު ފެބްރުއަރީމަހުގެ 24ވަނަ ދުވަހު، ރަޝިއާގެ ސިފައިން އޭނާގެ ގައުމަށް އަރާ، އުދުވާނީ ހަމަލާ ދޭންފެށިއިރުވެސް އޭނާ ދިިރިއުޅުއްވަމުން ގެންދެވީ މު ކުޑަ އެޕާޓްމަންޓުގައި ކަމުގައެވެ.

ޒެލެންސްކީ ނިދިކުރައްވަން ބޭނުން ކުރައްވާ އެނދު

ޔޫކުރެއިންގެ ޓީވީއަކުން ތައްޔާރު ކޮށްފައިވާ މި ފިލްމުގެ ވީޑިއޯ ކުލިޕެއް، ޒެލެންސްކީގެ ޑޮމެސްޓިކް ޕޮލިޓިކަލް އެޑްވައިޒަރ އެންޓޮން ގެރެޝްޗެންކޯ ވަނީ ޓުވީޓު ކޮށްފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި ވަގުތީގޮތުން ތައްޔާރު ކޮށްފައިވާ މި އެކޮމޮޑޭޝަންގައި، ޒެލެންސްކީ ނިދިކުރައްވާ ކޮޓަރި ކޮޅުގައި ދަމާފައިވަނީ ވަރަށް ބޯ ދޮރުފޮތި ތަކެކެވެ. އަދި ނިދިކުރައްވަން ބޭނުން ކުރައްވާފައިވަނީ އެންމެ މީހަކަށް އޮށޯވެލެވޭވަރުގެ އެދެކެވެ. އެދުގައި ބާލީސްތައް ހުރިއިރު، މާޖަހާފައިވާ ބެޑް ޝީޓެއް އޮތެވެ.

އަދި މި ކުޑަ ކޮޓަރީގައި ތިރި މޭޒަކާއި ގޮނޑިއަކާއި ޓީވީއެއްވެސް ހުއްޓެވެ.

ޒެލެންސްކީގެ ޖެކެޓްތައް އަޅުފާފައި ހުރި އަމަލާރި ނޫސްވެރިޔާއަށް ދައްކަވާލައްވަނީ

މީގެ އިތުރުން ޒެލެންސްކީ ވަނީ އޭނާގެ ބޭނުން ކުރައްވާ ހެދުންތައް ބަހައްޓާފައި ހުރި އަލަމާރިވެސް ޓީވީ ކުރޫއަށް ދައްކާފައެވެ. މި އަލަމާރީގައި ގިނައިން ހުރީ، އޮލިވް ގްރީން، ކެމޮފްލާޖް ޖެކެޓްތަކެވެ. އަދި މިލިޓަރީ ބޫޓެއްވެސް މި އަލަމާރީގެ އެތެރޭގައި ހުއްޓެވެ.

އަމަލާރީގައި ހުރި، ކެމޮފްލާޖް ޖެކެޓްތައް ނަންގަވާ ދައްކަވާލައްވަމުން ޒެލެންސްކީ ވިދާޅުވީ، މިހާރު އެއްގޮތަކަށްވެސް ކޯޓު ފަޓްލޫނު ބޭނުން ނުކުރައްވާ ކަމަށާއި، ހަނގުރާމައިން ކާމިޔާބު ލިބެންދެން ބޭނުން ކުރައްވާނީ ހަގުރާމަމަތީ ޖެކެޓްތައް ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *