އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހެރީއާއި އޭނާ އަނބިކަބަލުން މޭގަން މާކެލް، އެއްވެސް ހުއްޖަތެއް ނެތި ޝާހީ އާއިލާގެ މައްޗަށް ކުރަމުންދާ ތުހުމަތުތަކުގެ ސަބަބުން އެ ދެމަފިރިންނަށް ޝާހީ އެއްވެސް އިވެންޓެއްގައި ބައިވެރިވުން ޝާހީ އައިލާއިން މަނާކޮށްފިއެވެ.
ދާދިފަހުން ޕްރިންސް ހެރީގެ ދެމަފިރ ކަނބަލުން ނެރެފައިވާ ފޮތް، އަދި ނެޓްފްލިކް ސީރީސް "ސްޕެއަރ"ގައި ހެރީ އާންމު ކޮށްފައިވާ ސިއްރު މައުލޫމާތުތަކުގެ ސަބަބުން ޝާހީ އާއިލާއާއި އަދި ގާތް އެތައް މެމްބަރަކަށް ނޭދެވޭ އަސަރުތައް ވަނީ ކޮށްފައެވެ.
ބެލެވޭ ގޮތުގައި ހެރީގެ ދެކަނބަލުން ޝާހީ އާއިލާއަށް ތުހުމަތު ކުރެވޭގޮތަށް އެކި މައުލޫމާތުތަކާއި އަދި ވާހަތައް އާންމު ކުރަމުންދަނީ، ހެރީގެ އުދާސްތަކަށް ތަސައްލީ ހޯދާ އަދި އޭގެ އިތުރުން ބަދަލު ހިފުމުގެ މަގުސަދުގައެވެ.
ހެރީ ބަދަލު ހިފުމުގެ ރޫހުގައި މަސައްކަތް ކުރަމުންދަނީ، އޭނާ އެމެރިކާގެ ފިލްމީ ތަރިއަކާއި ކައިވެނި ބައްލަވައިގަތުމާއެކު، އިނގިރޭސި ޝާޙި އާއިލާގެ ފަރާތުން އެނާ އަދި އަނބިކަބަލުން ކުރަލިމަތިލައްވަން ޖެހިވަޑައިގެންނެވި ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން ކަމަށްވެސް ވަނީ ބެލެވިފައެވެ.
އެހެންނަމަވެސް، ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހެރީއާއި އަބިކަނބަކުން މޭގަން، ޗާލްސް އިނގިރޭސި ރަސްކަމާއި ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ބައްވާ ރަސްމިއްޔާ ވަޑައިގަންނަވާނެއެވެ. އަދި މިއީ މި ދެމަފިރިކަބަލުން ބައިވެރިވެވަޑައިގަންނަވާ މިފަދަ އެންމެ ފަހުގެ ރަސްމިއްޔާތު ކަމުގައި ވެގެން ދިއުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
2 Responses
ނިކަން ވަރުގަދަ އަންހެނަކާ ޖެހިފަ ތިއޮތީ.
ޢެތައް ޒަމާނެއް ކުރިއްސުރެ ޝާހީ ޢާއިލާ ތެރޭގަ ކަންތައް ކުރަމުން އައިގޮތަށް އަމަލް ނުކޮށް އެގޮތްތައް ބަދަލުކުރަން އެހާ އަވަަހަށް މަސައްކަތް ފެށީމަ ވީގޮތް. އިގިރޭސި ޝާހީ ޢާއިލާގެ މީހުން ހެދުން އަޅަންވާގޮތާ ރަސްމިއްޔާތު ތަކުގަ އުޅެންވާގޮތްތަކެއް އެންމެ ކުޑަމިނުން ޖަލްސާތަކުގަ އިށީނދެ އިންނަން ޖެހެެނީވެސް ވަކި ގޮތަކަށް. މިކަނބުލޭގެ އެމެރިކާގެ ގޮތްގަނޑު ފަތުރަން އުޅުނީމަވީގޮތް. ހެރީ އަނބިމީހާ ބުނަހާ ގޮތެއް ހެދިޔަސް އެހެންމީހުނަށް ކަމަކުނުދާނެތާ.