ރައީސާއި ކުޅެން އުޅުމަށްވުރެއް ރަނގަޅުވާނީ އާޒިމް ބޯވަ ނަގަން ދިޔައިއްޔާ: ޝިފާއު

ރައީސާއި ކުޅެން އުޅުމަށްވުރެއް ރަނގަޅުވާނީ އާޒިމް ބޯވަ ނަގަން ދިޔައިއްޔާ: ޝިފާއު

Author
މުޙައްމަދު ޝަޒައިމް
26 ފެބްރުއަރީ 2023 12:52
0

ރައީސާއި ކުޅެން އުޅުމަށްވުރެއް ރަނގަޅުވާނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބޯވަ ނަގަން ދިޔައިއްޔާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

މެމްބަރު ޝިފާއު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ވޯޓު ހަމަކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވެސް ފަށާނެ ކަމުގެ އިންޒާރު އާޒިމް ދިނުމާއި ގުޅިގެންނެވެ.

އާޒިމމްގެ ވާހަތަކާއި ގުޅިގެން އެމްޑީޕީގެ ރައީސް ޞާލިހަށް ތާއީދު ކުރާ ގިނަ ބޭފުޅުން ދަނީ ރައްދު ދެއްވަމުންނެވެ. މެމްބަރު ޝިފާއު ވިދާޅުވީ އެމްޑީޕީގެ ދުވަސް ދުއްވާލުމަށް ޑީއާރުޕީއާއި، ޕިބަރަލް ޕާޓީ މީހުން ކުރަމުންދާ މަސައްކަތަށް އެމްޑީޕީ ތެރެއިިނން ޖާގައެއް ނެތްކަމަށެވެ. އަދި ރައީސް ޞާލިހާއި ކުޅެން އުޅުމަށްވުރެ އާޒިމް ރަނގަޅުވަނީ ބޯވަ ނަގަން ދިއުންކަމަށް ޝިފާއު ވިދާޅުވިއެވެ.

ޑީއާރުޕީއާއި، ޕިބަރަލް ޕާޓީ މީހުން އެމްޑީޕީގެ ދުވަސް ދުއްވާލަން ކުރާ މަސައްކަތަކަށް ޖާގައެއް ނެތް. ރައީސުލްޖުމްހޫރިއްޔާ އާއި ކުޅެން އުޅުމަށްވުރެއް ރަނގަޅުވާނީ އާޒިމް ބޯވަ ނަގަން ފަރަށް ދިޔައީމަ. އަދި ރައީސް ނަޝީދުވެސް ޕާޓީން ބާކީ ނުކުރެވޭނެ.

– މެމްބަރު ޝިފާއު ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފެކްޝަންގެ ކޯޅުމާއެކު މަޖިލިހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ސޮއި ހޯދުމުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ބައެއް މެމްބަރުން ކުރިން ފެއްޓެވި އެވެ. ވަކި ހިސާބަކުން އެ ކަން ހުއްޓާލިއިރު ސޮއި ވެސް ހަމަކޮށްފައިވާ ކަމަށް ރައީސްގެ ފެކްޝަނުން ބުނެފައި ވެ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ސިމްޕަލް މެޖޯރިޓީން ފާސްވާނެ އެވެ. އެއީ މިހާރު 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ 43 މެމްބަރުންގެ ވޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.