ހެއްވާ މަޖާ ފްރެންޗައިޒް "ވެލްކަމް ގެ 3 ވަނަ ފިލްމް ގެ ޝޫޓީން މި ފިލްމްގެ ލީޑުން ފެނިގެންދާ ސަންޖޭ ދަތާއި އަރްޝަދް ވާރްސީ ފަށައިފައި ވާކަމަށް ހަބަރުތަށް ބުނެފިއެވެ.
މި ފިލްމްގެ ޝޫޓިންގ އާއި ވަރަށް އަވަހަށް އަކްޝޭ ވެސް ގުޅިގެން ދާނެ ކަމަށް ވެއެވެ. އަކްޝޭ މިހާރު ވެސް އަންނީ މިފަދަ ހެއްވާ މަޖާ ފްރެންޗައިޒް އެއް ކަމުގައިވާ "ހޭރާ ޕޭރީ" ގެ މަސައްކަތް ކުރަމުންނެވެ. މި ދެ ފްރެންޒައިޒް އަކީ ވެސް ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު އަދި ބޮކްސް އޮފީފުގައި އެހާމެ ކާމިޔާބު ފިލްމް ތަކެކެވެ.
ބޮޑު ކާސްޓެއް ހިމެނޭ "ވެލްކަމް" ގެ ކާސްޓުގައި އަނިލް ކަޕޫރު، ނާނާ ޕަޓޭކަރް، ޕަރޭޝް ރާވަލް، މަލިކާ ޝެރާވަތު އަދި ކެޓްރީނާ ކައިފް ވެސްމުހިންމު ރޯލުތަކުން ފެނިގެން ދެއެވެ.
2007 ވަނަ އަހަރު "ވެލްކަމް" ގެ ނަމުގައި ރިލީޒް ކުރި މި ފިލްމް އަކީ ވަރަށް ކާމިޔާބު ފިލްމް އެކެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ރިލީޒްކުރި "ވެލްކަމް ބެކް" ގެ ސީކުއެލްގައި އަނިލް ކަޕޫރާއި ނާނާ ޕަޓޭކަރް އަދި ޕަރޭޝް ރާވަލްގެ އިތުރުން ޝްރޫތީ ހަސަން، ޖޯން އަބްރަހަމް، ޝައިނީ އަހޫޖާ، ޑިމްޕަލް ކަޕާޑިއާ އަދި ނަސީރުއްދީން ޝާހް ވެސް މުހިންމު ރޯލަތަކުން ފެނިގެން ދިއައެވެ.
މީގެ ކުރިން "ވެލްކަމް ޓު ދަ ޖަންގަލް" ގެ ނަމުން ނަން ދީފައިވާ ކުރިއަށް އޮތް ބައިގެ ނަމަކީ "ވެލްކަމް 3″ އެވެ. ޓައިމްސް އޮފް އިންޑިޔާގެ ރިޕޯޓެއްގައި ވާގޮތުގައި ކުރިއަށް އޮތް ފީރޯޒް ނަދިއަދްވާލާ ޕްރޮޑިއުސްކުރާ މި ފިލްމުގައި އަކްޝޭ ކުމާރާ އެކު ސަންޖޭ ދަތާއި އަރުޝަދު ވަރްސީ ލީޑް ރޯލުން ފެނިގެންދާނެ އެވެ.
އަކްޝޭ ވަނީ "ހެރާ ފެރީ 3″ ގެ ޝޫޓިން ފަށައިފަ އެވެ. އޭނާގެ ފިލްމު "ސެލްފީ" މި ހާރު ސިނަމާގައި އޮތް އިރުގައި ފިލްމް އަކީ ކާމިޔާބު ފިލްމްއެކެވެ. އިމްރާން ހާޝްމީ ވެސް މުހިންމު ރޯލަކުން ފެނިގެންދާ މި ފިލްމް އަކީ 2019 ވަނަ އަހަރު ރިލީޒްކުރި މަލިޔާލަމް ފިލްމެއް ކަމަށްވާ" ޑްރައިވިން ލައިސަންސް"ގެ އޮފިޝަލް ހިންދީ ރިމޭކެކެވެ. އޭގެ ކާސްޓުންގެ ތެރޭގައި ނުޝްރަތު ބަރޫޗާ އާއި ޑަޔާނާ ޕެންޓީ ހިމެނޭއިރު ރާޖް މެހެތާ ޑައިރެކްޓްކުރާ ފިލްމުގައި މުރްނާލް ތާކޫރު ގެ ކެމިއޯ އެއް ހިމެނެ އެވެ.