ވ.އަތޮޅުގެ ކަނޑުން ފެނުނީ ތެޔޮ ބޯޓުން ގެއްލުނު ބިދޭސީ މީހާގެ ހަށިގަނޑެއްނޫން: ފުލުހުން

ވ.އަތޮޅުގެ ކަނޑުން ފެނުނީ ތެޔޮ ބޯޓުން ގެއްލުނު ބިދޭސީ މީހާގެ ހަށިގަނޑެއްނޫން: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
23 ފެބްރުއަރީ 2023 03:49
0

ވ.ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލުނު ބިދޭސީ މީހާގެ ހަށިގަނޑު ނޫންކަމަށް ފުލުހުން ބުނެފިއެވެ.

ވ.ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ މަހުގެ 2 ވަނަ ދުވަހުއެވެ. ވ.ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑެއް ފެނިފައިވާއިރު ވިލިމާލެއިން ފުރައިގެން ތެޔޮ ބޯޓެއްގައި ދިޔަ ދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން އޭރު ދިޔައީ ކުރަމުންނެވެ.

ފުލުހުން އެންމެ ފަހުން ބުނީ މިބޯޓު އެއަރޕޯޓުގެ ނެރު ކައިރިން އޮޔާ ދަނިކޮށް ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ފެނިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. އެހެންނަމަވެސް މިބޯޓުން ދަތުރުކުރި ގދ. ތިނަދޫ / މަނާރު، ޢުމުރުން 45 އަހަރުގެ މުޙައްމަދު ނިޡާމްއާއި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ އުމުރުން 35 އަހަރުގެ މޮހައްމަދު ލިޓަން ފެނިފައި ނުވާތީ މިދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. ނަމަވެސް ފަހުން ނިޒާމް ފެނި، ހައްޔަރު ކުރުމަށްފަހު އޭނާއަށް ވަނީ ދައުވާވެސް ކޮށްފައެވެ.

ނަމަވެސް ފުލުހުން މިއަދު ބުނީ ވާވު އަތޮޅުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލުނު ބިދޭސީ މީހާގެ ހަށިގަނޑު ނޫންކަން ވަނީ ކަށަވަރު ވެފަައިކަމަށެވެ. އެހަށިގަނޑަކީ އޮޔާއެކު ރާއްޖެ އައިސްފައިވާ ހަށިގަނޑެއްތޯ ބެލުމަށް އިންޓަރނޭޝަނަލް ޕާޓްނާސް އާއި ދަނީ ވާހަކަ ދެކެވެމުންކަމަށް ފުލުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.