މެމްބަރު ރިޒާގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ

މެމްބަރު ރިޒާގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ

Author
މުޙައްމަދު ޝަޒައިމް
23 ފެބްރުއަރީ 2023 10:05
0

ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އުމުރުން 55 އަހަރުގައި އޭނާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އާލާސްކަންފުޅާ އުޅުއްވާތީ ރާއްޖެ އިން ބޭރުގައި އުޅުއްވާތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އިދިކޮޅު ޕީޕީއެމްގެ މެމްބަރު ރިޒާ ވަނީ މެއި 28، 2009 އިން ފެށިގެން އަވަހާރަވުމާ ހަމައަށް ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ.

މެމްބަރު ރިޒާ އަވަހާރަ ވުމާއި ގުޅިގެން ރައީސް ޞާލިހު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރިޟާއަކީ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ. ރައީސް ޞާލިހު ވަނީ މަރުހޫމް ރިޒާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.

ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު އިބްރާހީމް ރިޟާއަކީ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި ބޭފުޅެއް. މަރްޙޫމްގެ ޢާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވަން. މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ކުރީގެ ރައީސް މީންގެ ސަރުކާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ހޮވާ މެންބަރެއްގެ ގޮތުގައި ވެސް އިންނެވި އެވެ. އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ރިޒާ ކުރެއްވިއެވެ. ގާނޫނީ ވަކީލެއް ކަމަށްވާ ރިޒާ އަކީ އެ ދާއިރާއިން ވަރަށް ގިނަ މަސައްކަތްތައް ކުރައްވާފައިވާ ބޭފުޅެކެވެ. ރިޒާ އަވަހާރަވިއިރު، އަނބިކަނބަލުންނާއި ހަތަރު އަންހެން ކުދިން ދުނިޔޭގައި އެބަތިއްބެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.