ފިކުރެއްގެ ދިރުމަށް ރޮޒޭނާގެ މަލާމާތް!

ފިކުރެއްގެ ދިރުމަށް ރޮޒޭނާގެ މަލާމާތް!

ގުޅުންހުރި

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އެ ޕާޓީގެ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ހިންގާ ހަރަކާތަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސް ރޮޒޭނާ އާދަމް މަލާމާތް ކުރައްވައިފިއެވެ.

ރޮޒޭނާ މިހެން ވިދާޅުވީ ފޮކުރެއްގެ ދިރުމުގެ ނަމުގައި ހިންގާ ހަރަކާތުން ސޮއި ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ހަރަކާތާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ރޮޒޭނާ ވިދާޅުވީ ފިކުރެއްގެ ދިރުމަކީ ކޮބައިކަން ކޮން މަގުސަދެއްގައި ހިންގާ ހަރަކާތެއްކަން ސާފު ނުވާކަމަށެވެ. މީހަކު ކުރާހާ ކަމަކަށް އަދި ދޭހާ އެއްޗެއްގައި ސޮއިކޮށް ހަދާކަށް ނުޖެހޭކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ދިރުވަން އުޅޭ ފިކުރާއި ރޮޒޭނާ ވިދާޅުވީ މިއީ އެމްޑީޕީ ގަނޑުބަޑުކޮށް، ވަކި މީހެއްގެ މުށު ތެރޭގައި ތާއަބަދު އެމްޑީޕީ ބޭއްވުމަށް އުޅޭ ފިކުރެއްތޯވެސް ސުވާލު ކުރައްވާފައެވެ.

ސޮއި ކުރެވިދާނެ ކޮންމެ އެއްޗެއްގަވެސް. އެކަމަކު ސޮއި ކުރަންވީއެއްވެސް ސަބަބެއް ނުފެނޭ. ތީ ކޯއްޗެއްތޯ؟ ކޮންފިކުރެއްތޯ؟ ބަލިވީމާ ބަލި ގަބޫލު ނުކުރެވޭ ފިކުރުތޯ؟ އެމްޑީޕީ ގަނޑުބަޑު ކުރާ ފިކުރުތޯ؟ އެމްޑީޕީ އޮންނަންޖެހޭނީ ތާ އުމުރު ވަކި މީހެއްގެ މުށުތެރޭ ކަމަށް ގަބޫލު ކުރާ ފިކުރުތޯ؟ ޗީޑި.

– ރޮޒޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އެ ޕާޓީގެ ތެރެއިން "ފިކުރެއްގެ ދިރުމަށް" ތާއީދު ހޯދުމުގެ މަސައްކަތުގެ ދަށުން ބައި ލައްކަ އަށް ވުރެ ގިނަ ސޮއި ހޯދައިފައިވާކަމަށް އެހަރާތުން ބުނެއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޕްރައިމަރީގައި ރައީސް ސޯލިހަށް %61 ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގެންފައި ވަނީ %39 ވޯޓެވެ.

ރައީސަށް ޕްރައިމަރީ ކާމިޔާބު ކުރެއްވުނަސް، އެމަނިކުފާނަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެއްވޭނެ ކަމަށް ނަޝީދު ގަބޫލުފުޅު ކުރައްވައެވެ. އެހެންވެ، "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ސިޔާސީ ހަރަކާތެއް ހިންގައި ކަނޑާލި 39،000 އަށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާ އެކު ރިޔާސީ އިންތިހާބަށް ގޮތް ނިންމަން ފެނިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މި މެސެޖަށް ރައްދު ދެއްވައި، އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ނަޝީދުގެ އެ ހުށަހެޅުއްވުމާ މެދު އަލުން ވިސްނާލަށް އެދިވަޑައިގަންނަވާ ކަމަށެވެ. ޕާޓީގެ އުސޫލާއި ގަވައިދު ބަދަލު ނުކޮށް ތިގޮތަށް ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެއްވޭ ކަމަށް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ