އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތްތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު އައިޝަތް އަލީ އާއި ސުވާލު ކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ހުށަހަޅައިފިއެވެ.
މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖްލީހުގެ މެމްބަރު އަޙްމަދު ތާރިގް(ޓޮމް) ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތުގެ ތަފްސީލް ހޯދުމަށް، މިނިސްޓަރު އާއިޝަތު އަލީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ވަޒީރުންނާއި ސުވާލުކުރުގެ ނޯޓިސްގައިވާ ގޮތުން ޓޮމް މިނިސްޓަރާއި ކުރަން ބޭނުންވާ ސުވާލުގައި ބުނެފައި ވަނީ އަރަބިއްޔާ ސްކޫލަށް މާލޭގައި އާ އިމާރާތެއް އެޅުމަށް ކޮންޓްރެކްޓަކާއި ހަވާލުކޮށްފައިވާ ކަމަށް 2022 އިއުލާނުކޮށްފައިވާ ކަމަށެވެ. އަރަބިއްޔާއަށް އަޅާ ސްކޫލްގެ ކްންޓްރެކްޓް އަގަކީ ކިހާވަރެއްތޯ އާއި މަސައްކަތް ނިންމަން ހަވާލުކުރި މުއްދަތަކީ ކޮބައިތޯ ޓޮމްގެ ސުވާލުގައި ވެއެވެ. އަދި މިހާރު މަސައްކަތް ނިމިފައިވަނީ ކިހާވަރަކަށްތޯ އާއި ސްކޫލްގެ ބޭނުންކުރަން ފެށޭނެ ދުވަހެއް އެނގިލައްވާތޯ ވެސް ސުވާލުގައިވެއެވެ.
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތުގެ ތަފްސީލް ހޯދުމަށް، މިނިސްޓަރ އާއިޝަތު އަލީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިން. pic.twitter.com/lt8gHwiUxB
— Ahmed Thariq (@AhmedThaariq) February 22, 2023
އަރަބިއްޔާ ސުކޫލުގެ އާ އިމާރާތުގެ މަސައްކަތް ލަސްވާތީ ބެލެނިވެރިން އަންނަނީ ވަރަށް ގިނައިން ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ. އެގޮތުން މިމަހުގެ 19 ވަނަ ދުވަހުވެސް ބެލެނިވެރިން ވަނީ މުޒާހަރާ ކޮށްފައެވެ. ބާޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ ސެޕްޓެމްބަރު 29، 2022ގައެވެ.
ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މި ދެ އިމާރާތުގެ މަސައްކަތަށް އެކުންފުނިން ހުށަހަޅާފައިވަނީ 168،525،150.92 (ސަތޭކަ ފަސްދޮޅަސް އަށް މިލިއަން ފަސް ލައްކަ ފަންސަވީސްހާސް އެއްސަތޭކަ ފަންސާސް ރުފިޔާ ނުވަދިހަ ދެލާރި)އެވެ. މިދެއިމާރާތުގެ މަސައްކަތް 420 ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ ކަނޑައަޅާފައެވެ. ނަމަވެސް މިމަސައްކަތް އެންމެ އެކަށީގެންވާ ސްޕީޑާއި ގާތަށްވެސް މަސައްކަތް ނުދާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.