ހުސްގަޔާ ޝޫޓުކުރަން ވަރަށް ލަދުގަނޭ: ޝާހްރުކް

ހުސްގަޔާ ޝޫޓުކުރަން ވަރަށް ލަދުގަނޭ: ޝާހްރުކް

Author
ފާތިމަތު ނާވީ
23 ފެބްރުއަރީ 2023 09:22
0

ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ގޮތުގައި ނުލައިލެވޭ އެއް އެކްޓަރު ޝާހުރުކް ހާން އެތަށް ދުވަހަކަށް ފަހު އެނބުރި އައުން ފާހަގަ ކުރި ފިލްމް ޕަޓާން އަންނަނީ ގިން ރެކޯޑް ތަކެއް މުގުރަމުންނެވެ.

ފިލްމް އަދިވެސް އޮތީ ސިނަމާގައިއެވެ. ފިލްމް އަށް ލިބޭ ކާމިޔާބީ ގެ ސަބަބުން ފިލްމްގެ ޓީމުން ތިބީ އިންތިހާ އަށް އުފާވެފައިއެވެ. މި ފިލްމް ގައި ޝާހު އާއި އެކުގައި މުހިންމު ރޯލުތަކުން ފެންނާނީ ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމްއެވެ.

ޓްވިޓާގައި "އާސްކްއެސްއާރްކޭ" ހޭޝްޓެގް ބޭނުންކޮށްގެން ހުޅުވާލި އިންޓަރެކްޓިވް ސެޝަންގައި، ފިލްމް އާއި ބެހޭގޮތުން މީހަކު ވަނީ ސުވާލު ކޮށްފައިއެވެ. އެމީހާގެ ސުވާލަކީ އެންމެ އުދަގޫވީ ޕަޓާން ކުޅުން އިރުގައި ކޮން ސީންތަކެއްގައި ތޯ ސުވާލް ކޮށްފައިއެވެ. މި ސުވާލުގެ ޖަވާބް ގައި ޝާހު ބުނެފައިވަނީ ހުސްގަޔާ ހުރެ ނެގި މަންޒަރު ތަށް ކަމަށެވެ. އަދި އެމަންޒަރުތަށް ނަގަން ވަރަށް ލަދުގަތް ކަމަށް ވެސް ބުނެފައިވެއެވެ.

މި ފިލްމް އަކީ ވަރަށް ބޮޑަށް ޝާހުގެ ހަށީގަނޑު ދައްކައިގެން އުފައްދައފައިވާ ފިލްމްއެކެވެ. ފިލްމް ގެ އެންމެ މައްސަލަ ބޮޑުވި އެއްލަވަ ކަމުގައި "ބޭޝަރަމް ރަންގް" ގެ މުޅި ލަވަކަހަލަ ގޮތަކަށް ޝާހު ފެނިގެން ދިއައީ ހުސްގަޔާއެވެ.

ސިލްވަ ސްކްރީނަށް ޝާހު އައިސްފައި މި ވަނީ ހަތަރު އަހަރަށް ފަހު އެވެ. އެންމެ ފަހުން އޭނާގެ ފިލްމް އެއް ރިލީޒް ވީ 2018 ވަނަ އަހަރުގައިއެވެ. އެއީ ފްލޮޕް ފިލްމް "ޒީރޯ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.