ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާރު އެޅުމާއި ގުޅޭ ކޯހެއް ހެދުން ބުއްދިވެރިކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީނީ މަގާ ގުޅޭ ސުވާލެއް ކުރުމަށް އަސްލަމް ހާޒިރުކޮށްފައިވާއިރު، އަމީނީ މަގުގައި ތާރު އަޅާ ގޮތާއި ގުޅޭގޮތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ތާރު އެޅުމަށް ފަހު އަނެއްކާ މައިން ހޯލްތައް، ކާނުތައް މަތީން ތާރު އަޅާފައިވާތީވެ އެބަ ކޮނެ ކަނޑައިގެން އެބަ ނަގާ ކަމަށެވެ.
ނަޝީދުގެ ވާހަކަތަކަށް މިއަދު މިނިސްޓާ އަސްލަމްވެސް ރައްދު ދެއްވިއެވެ. ނަޝީދުގެ ވާހަތަކާއި ގުޅިގެން އަކްރަމް ވިދާޅުވީ މަޖިލީހުގައި މިފަދަ ސުވާލުތައް ކުރައްވާއިރު، މަގުތަކުގަިއ ތާރު އެޅުމުގެ ކޯހެއް ހެދުން ބުއްދިވެރިކަމަށެވެ.
ސުވާލު ކުރެއްވުމުގެ ކުރިން މަގުހެދުމާއ ތާރު އެޅުމުގެ ކޯހެއް ހެއްދެވުން ބުއްދިވެރި.
– އަކްރަމް ވިދާޅުވިއެވެ.
ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ، އަމީނީ މަގުގައި ތާރު އެޅުމަށްފަހު، މަގުން ތާރު ކަނޑާފައި ނުވާކަމަށެވެ. ސޯޝަލް މީޑިއާއިން ފެނުނު މަންޒަރަކީ، ތާރުއަޅަމުންދާއިރު، މަގުގައި ހުރި ޖަންކްޝަންތައް މައްޗަށް އެޅިފައިވާ ތާރުތައް ސާފުކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އެއީ ތާރުއަޅާއިގެން ހަދާ މަގުތަކުގައި މަސައްކަތް ކުރާ ގޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ތާރުއަޅާއިރު ޖަންގްޝަންތައް މަތީގައި ތުނި އެއްޗެއް އަޅާ ބާއްވާފައި، އޭގެ މަތިން ތާރު ފަށަލަ އަޅަމުންދާނީ. އޭގެ މަތިން ޕޭވަރު ދާނީ. އެއީ އެ މަސައްކަތް ކުރާ ގޮތް. ތާރު އަޅާ ނިމުން، ޖަންގްޝަންތައް މައްޗަށް ތުނި ތުނިކޮށް އެޅިފައި ހުރި ތާރުކޮޅު ނަގާނީ.
– މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، މިގޮތަށް ކުރާ މަސައްކަތްތަކުގައި ބައެއް ފަހަރު ތާރު ކަނޑަން ޖެހޭ ޙާލަތު އަދިވެސް އަންނަ ކަމަށެވެ. ނަމަވެސް އެގޮތަށް އެ ދިމާވަނީ، ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމަކަށްވުމާއެކު، އެކި ކަހަލަ މަޝްރޫޢުތަކާއި ގުޅޭ މަސައްކަތްތައް މަގު ހެދުމަށް ފަހުގައިވެސް ކުރަންޖެހޭތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޚާއްސަކޮށް އެންމެ ބޮޑަށް ކުރިމަތިވާ އެއްކަމަކީ، ޑީވޯޓަރިންއާއި ފެނުގެ ނިޒާމާއި ގުޅުންހުރި މަސައްކަތްތައް ކުރަންޖެހޭތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ