ޕާޓީގެ ސިޔާސަތާއި އެއްގޮތަށް ސަރުކާރު ސިޔާސަތު ބަދަލުކުރަން ޤަރާރެއް

ޕާޓީގެ ސިޔާސަތާއި އެއްގޮތަށް ސަރުކާރު ސިޔާސަތު ބަދަލުކުރަން ޤަރާރެއް

Author
މުޙައްމަދު ޝަޒައިމް
20 ފެބްރުއަރީ 2023 11:33
0

އެމްޑީޕީގެ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް އަނބުރާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރުގެ ފުރަތަމަ ކިޔުމެވެ.

ގަރާރުގައި ބުނީ އެމްޑީޕީގެ އަސާސީ ގަވައިދުގައި ކަނޑައެޅިފައިވާ އެ ޕާޓީގެ އަމާޒުތަކާއި މަގްސަދުތަކާއި އުސޫލުތަކުގެ ތެރޭގައ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ޓަކައި ރައްޔިތުންގެ ކަންކަން ނިންމުމާއި ހިންގުމުންގެ ބާރު ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެެހެންކަމުން ރައްޔިތުންގެ ކިބައިގައިވާ މި ބާރުވެރިކަން އޮތުމަށްޓަކައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާއިން އެކުލަވާލައި ވައުދުތަކުގެ ގޮތުގައި އިންތިހާބުތަކަށް ނެރުނު ވޯޓު ހޯދާ ސިޔާސަތުތައް ޕާޓީގެ ރައީސް އެހެންވެސް އިންތިހާބީ އަދި ސިޔާސީ އޮފިޝަލުން ހިންގުމަކީ ވަރަށް އަސާސީ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް މި ސަރުކާރުގެ ސިޔާސަތުތައް ހުރީ އެމްޑީޕީގެ މެނިފެސްޓޯގައިވާ މައިގަނޑު ގިނަ ސިޔާސަތުތަކާއި ޕާޓީގެ ވިސްނުންތަކާއި ސީދާ ކަނޑައެޅިގެން ގަސްދުގައި ދިމާ އިދިކޮޅަށް ކަމަށެވެ. އަދި މިއީ އެމްޑީޕީގެ މެމްބަރުންނާއި ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ނުހަނު ކަންބޮޑުވުމާއި ނުރުހުން އޮތް ކަމެއް ކަން ވަހީދު ފާހަގަ ކުރައްވާފައި ވެއެވެ.

އެހެންކަމުން އެމްޑީޕީން މާކުރިއްސުރެވެސް އެކަށައަޅާފައިވާ ސިޔާސަތުތަކާއި އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް އެމްޑީޕީގެ އަމާޒަށް ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރުމަށް ވަހީދު ހުށަހެޅުއްވި ގަރާރުގައި ގޮވާލައިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.