ދ.އިސްމެޖިސްޓްރޭޓް ސަސްޕެންޑުކޮށްފި

ދ.އިސްމެޖިސްޓްރޭޓް ސަސްޕެންޑުކޮށްފި

ދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު އާމިރު ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ދެ ހަފްތާއަށް ސަސްޕެންޑްކޮށްފިއެވެ.

ޖޭއެސްސީން ވިދާޅުވީ މެޖިސްޓްރޭޓު އަލްއުސްތާޛު އަޙްމަދު އާމިރު، ސަަސްޕެންޑްކުރީ ކުޑަހުވަދުއަށް ރަށްވެހިކަން ބަދަލުކުރުމަށް އެދި، ދ.ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ހުށަހެޅި އިރު ދޮގު މަޢުލޫމާތު ދިން މައްސަލާގައިކަމަށެވެ.

އޭނާ ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވާތީ އަދި ދައުލަތުގެ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމަކީ، ކޮށްގެންވާނެ ޢަމަލެއް ކަމަށް ގަބޫލުނުކުރެވޭތީ އާއި، މިއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުން ކަމަށް ތަޚްޤީޤަށް ފެންނާތީ، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު އާމިރުގެ މި ޢަމަލަކީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، 5 ވަނަ ނަންބަރާއި، 9 ވަނަ ނަންބަރާއި، ހަމަ މި ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8، 3.1، އަދި 3.2 ވަނަ ނަންބަރުގައި  ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއްކަމަށްވެސް ޖޭއެސްސީން ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގެ ދަށުން، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު އާމިރު ވަޒީފާގެ މަސައްކަތަށް ނުކުތުން 2023 ފެބުރުވަރީ 19 ވަނަ ދުވަހުން ފެށިގެން 2 (ދޭއް) ހަފްތާއަށް މަނާކުރުމަށް ފެންނަކަމަށް 2023 ފެބްރުއަރީ 1 ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ 09 ޖަލްސާގައި ވަނީ ނިންމަވާފައިކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *