"ވޯ 2″ ގެ މަސައްކަތް މި އަހަރު ފަހުކޮޅު ފަށަނީ

"ވޯ 2″ ގެ މަސައްކަތް މި އަހަރު ފަހުކޮޅު ފަށަނީ

Author
ފާތިމަތު ނާވީ
19 ފެބްރުއަރީ 2023 09:01
0

2019 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ވޯ 2″ ގެ ދެވަނަ ބައިގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށަން ޕްލޭންކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އެ ފިލްމު އުފެއްދި ޔާޝްރާޖް ފިލްމްސް ވަައިއާރްއެފް) ގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ އާއި "ވޯ" ގެ ސްކްރީން ރައިޓަރު ޝްރިދާރް ރަގްވަން ވަނީ ފިލްމުގެ ސްކްރިޕްޓްގެ ބޮޑު ބައި ވެސް މިހާރު ނިންމައިފަ އެވެ.

މ ފިލްމް ގެ ބާހަކަ ދެކެވެން ފެށި މި ފިލްމް ނުހަދަން ނިންމައިފައިވާ ކަމަށް ހީ ވާވަރަށް ފިލްމްގެ އެއްވެސް އަޑެއް ނީވި ދިގުދެނިގެންދާތީ އެވެ. ލީޑުން ރިތިކް އާއި ޓައިގާ ފެނިގެންދިއަ މި ފިލްމް އަކީ ބޮކްސް އޮފީހުގައިވެސް ބޮޑޫ ކާމިޔާބެއް ހޯދި ފިލްމް އެކެވެ.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

އަދިތުޔާ ޗޯޕްޅާ "ވޯ 2″  ގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތަށް މިހާރު ބުނެފައިވާއިރު ސްކްރިޕްޓް ލިޔެފައި ވަނީ ޕަތާން އެންޑް ވޯގެ ބަތަލާ ސްރީދަރް ރާގަވަން އާ އެކު އެވެ.

"ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ ވޯ" އަކީ އޭކް ތާ ޓައިގާ  އާއި ޓައިގާ ޒިންދާ ހޭ އަށް  ފަހު ވައިއާރްއެފްގެ ތިން ވަނަ ޖާސޫސީ ފިލްމެވެ. އެކަމަކު އެ ފިލްމަކީ ކުރީގެ ޓައިގާ ފިލްމުތަކާ ސާފު ގުޅުމެއް ނެތް ސޯލޯ ފިލްމެއްގެ ގޮތުގައި އުފެއްދި  ފިލްމެކެވެ.

ރިތިކްގެ "ވޯ 2" އަކީ ކުރީގެ ފަސް ޖާސޫސީ ފިލްމުގެ ވެސް ބޮޑު ކްރޮސްއޯވާއަކަށް ވާނެ އެވެ. ސީކުއެލް ލިޔެފައި ވަނީ ކުރީގެ ޖާސޫސީ ވާހަކަތަކާ ގުޅުމެއް އޮންނަ ގޮތަށެވެ. ރިތިކް އެނބުރި އަންނާނީ މޭޖާ ކަބީރު ދަލީވާލްގެ ރޯލުންނެވެ.

 

View this post on Instagram

 

A post shared by Tiger Shroff (@tigerjackieshroff)

"ވޯ 2" ގެ ޝޫޓިން 2023 ވަނަ އަހަރު ނިމުމުގެ ކުރިން ފަށާއިރު، މިއީ 25 ޖެނުއަރީ 2024 ގައި ރިލީޒްކުރާ ފައިޓާ  އަށް ފަހު ރިތިކް ގެ ކުރިއަށް އޮތް ފިލްމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.