ކުނބުރުދޫ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް ބިންހިއްކަން ފަށައިފި

ކުނބުރުދޫ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް ބިންހިއްކަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
19 ފެބްރުއަރީ 2023 12:03
0

އދ.ކުނބުރުދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ބިންހިއްކުމުގެ މަސައްކަތް ކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ކުނބުރުދޫގެ ރަށްގިރުމުގެ މައްސަލައަކީ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން، އިތުރަށް ރައްޔިތުން ކަންބޮޑުވެފަވާ މައްސަލައެކެވެ. އެހެން ރަށްރަށާ ޚިލާފަށް ރަށުގެ ހުރިހާ ފަރާތަކުންވެސް އެރަށަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެއެވެ. ޚާއްސަކޮށް ރަށުގެ ދެކުނާއި އިރުމަތިން ބޮޑު ބައެއް ގިރައި ޢާއްމު ދިރިއުޅުމަށް އޭގެ އަސަރު ކުރާ މިންވަރަށް މައްސަލަވަނީ ބޮޑުވެފައެވެ.

އެމްޓީސީސީން މިއަދު ބުނީ ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ބިންހިއްކުމުގެ މަސައްކަތް ކަމުގައެވެ.

މި މަސައްކަތުގެދަށުން ކުނބުރުދޫ ގިރާ ސަރަޙައްދުން 170މީޓަރުގެ ރިވެޓްމަންޓް ޖެހުމަށްވަނީ ހަމަޖެހިފައެވެ. އަދި ބަނދަރު ހިމެނޭ ސަރަޙައްދުގައި 50މީޓަރުގެ ކީވޯލަކާއި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް ހަވާލުކޮށްފަވަނީ 9.6މިލިއަން ރުފިޔާއަށް 5މަސްދުވަހުން މަސައްކަތް ނިންމާގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.