ފަހުވަގުތު ޖެހި ގޯލްތަކާއިއެކު އާސެނަލް އެއްވައަށް

ފަހުވަގުތު ޖެހި ގޯލްތަކާއިއެކު އާސެނަލް އެއްވައަށް

Author
މުޙައްމަދު ޝަޒައިމް
19 ފެބްރުއަރީ 2023 10:32
0

އިތުރު ވަގުތުގައި ދެ ގޯލު ޖަހައި އެސްޓަން ވިލާ ބަލިކޮށް އާސެނަލްއިން އިނގިރޭސި ޕްރިމިއަރ ލީގު ތާވަލުގެ އެއްވަނައަށް އަލުން ޖެހިލައިފިއެވެ.

މެޗު އާސެނަލްއިން ކާމިޔާބުކުރީ ދެފަހަރު މަތިން އެސްޓަން ވިލާއިން ކުރި ހޯދާފައިވަނިކޮށެވެ. ފުރަތަމަ ލަނޑު ޖަހާ ފަސްވަނަ މިނިޓްގައި ފުރަތަމަ ކުރި ހޯދީވެސް އެސްޓަން ވިލާއިންނެވެ. އެއީ ވަޓްކިންސް ކާމިޔާބުކުރި ލަނޑުންނެވެ. އާސެނަލްއަށް 16 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްދިނީ ސަކާއެވެ. ހާފް ނިމުމުގެ ކުރިން ކުޓީނިއޯ ލަނޑުޖަހާ އެސްޓަން ވިލާއަށް ދެވަނަ ފަހަަރަށް ކުރިހޯދައިދިނެވެ. އާސެނަލްއިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ ސިޓީން އާސެނަލްއަށް ބަދަލުވި ޒިންޗެންކޯ ޖެހި ލަނޑުންނެވެ.

މެޗުގައި އާސެނަލްއަށް ފުރަތަމަ ފަހަރަށް ކުރި ލިބުނީ މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓްގައި މާޓިނޭޒް އަތުން ބައިކޮޅަށް ވަން ލަނޑުނެވެ. އިތުރު ވަގުތުގެ އަށްވަނަ މިނިޓްގައި މާޓިނެލީ އިތުރު ލަނޑެއް ޖަހާ ފަރަގު ބޮޑުކޮށް މުހިއްމު ތިން ޕޮއިންޓާއެކު އާސެނަލްއަށް އަލުން އެއްވަނަ ޔަޤީންކޮށްދިނެވެ.

ލީގު ތާވަލުގެ އެއް ވަނައިގައި އާސެނަލް އޮތީ 23 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 24 މެޗުން 52 ޕޮއިންޓް ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.