މަކަރާއި ޙީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ!

މަކަރާއި ޙީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ!

Author
ޢަލީ އާދަމް
19 ފެބްރުއަރީ 2023 09:45
0

ފުލުހުން ބަލަމުންދާ މަކަރާއި ޙީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން ޢިއުލާންކޮށްފިއެވެ.

ފުލުހުން ހާމަކުރައްވާފައިވާގޮތުގައި ހޯދަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެގެންނެވެ. އަދި އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާކަމަށާ، އޭނާގެ އާއިލާއަށްވެސް އޭނާ މިވަގުތު އުޅޭ ވަކިތަނެއް އެނގިފައިނުވާކަމަށް ފުލުހުން ހާމަކުރައްވައެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާ އިޖުރާއަތުގެ ޤަވާއިދުގެ 27ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށް ފުލުގުން ވިދާޅުވެއެވެ.

މިމައްސަލާގައި ހޯދަން ޢިއުލާންކޮށްފައިވަނީ މ.މުލި، ޖޭމުގަސްދޮށޫގެ، މުޙައްމަދު ވާފިރު (49އ)އެވެ. މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކޮށް މައުލޫމާތު ސާފުކުރުމަށް އޭނާ ހާޒިރުވާންޖެހެނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށެވެ. މިމަހުގެ 26ވަނަ ދުވަހުގެ ހެނދުނު 11:00 އަށް އޭނަ ހާޒިރުވާން ފުލުހުންވަނީ އަންގައި ޢިއުލާންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.