މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ދިވެހި އަންހެން ޕައިލެޓެއް ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ކޮން އެއާލާއިނެއްގައި މަސައްކަތް ކުރާ ޕައިލެޓެއްކަން ސާފެއް ނުވެއެވެ. އެނގިފައިވާގޮތުން އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.
މިއީ މެދު ރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ އަންހެނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަންހެން މީހާ ދިރިއުޅޭ ކޮޓަރިންވަނީ މަސްތުވާތަކެތި ފެނިފައެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި އަންހެން ޕައިލެޓަކު ހައްޔަރު ކުރިއިރު، ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ބިދޭސީއަކު މިދިޔަ ހަފްތާގައިވަނީ ހައްޔަރުކޮށްފައެވެ. އެ މީހާގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ބެލެވޭ 127 ބްލެޓު ފެނިފައިވެއެވެ.
ކޮމެންޓު ފޮނުވާ