ލޯބިވެރިޔާ އުޅޭ ގޮތުން ޖެލަސްވޭތަ؟

ލޯބިވެރިޔާ އުޅޭ ގޮތުން ޖެލަސްވޭތަ؟

ތެދަށް ބުނަންޏާ ކޮންމެ މީހަކީވެސް ކޮންމެސް ސިފައެއްގައި ޖެލަސްއާއި ކުރިމަތިލައފައިވާ މީހެކެވެ. މިހަކާ މެދުގައި ހަސަދަވެރި ވެވޭ އެއްގޮތަށް ވުރެ ގިނަ ގޮތްތަށް ހުރެއެވެ. އެންމެ ބޮޑަށް މީހާ ފޫހިކޮށްލާ އަނެއްކާއާއި މެދުގައި ޖެލަސްވެވޭ އެންމެ ބޮޑު އެއް ސަބަބީ ތިބާގެ ލޯބިވެރިއާ އާއި އެހެން މީހަކާ އޮންނަ ގުޅުމެވެ.

ބައިވެރިޔާ  އެހެން މީހަކާ ގާތްވާހެން ހީވާ ކޮންމެ ފަހަރަކު އަހަރެމެން އެންމެންވެސް ހަސަދަވެރިކަމުގެ ތެރޭގައި އުޅެއެވެ. އެކަން ކޮންޓްރޯލުގައި އޮތްހާ ހިނދަކު ހަސަދަވެރިވުމަކީ ވަރަށް އާދައިގެ ކަމެއް ނަމަވެސް އެ ރުޅިވެރިކަމުގެ ސިކުނޑީގެ ހާލަތުން ގިނަ ދުވަސްތަކެއް ވަންދެން ނޭވާ ހިއްލާފައިވާ ކަމުގެ އިހުސާސް ކުރެވޭ ނަމަ، އެ އިހުސާސްތަކާ ކުރިމަތިލައި އެކަމުން އަރައިގަތުމަށް ބައެއް ފިޔަވަޅުތައް އެޅުމަށް އެންމެ ރަނގަޅު ވަގުތަކީ މިއެވެ. މިއީ ފަސޭހަ ކަމަކަށް ނުވި ނަމަވެސް ދުޅަހެޔޮ އާދަތަކާއި ވިސްނުންތެރިކަން ދަސްކޮށްދިނުމަކީ ތިމާގެ ހިތުގެ ހަމަޖެހުން އަދި ތިމާގެ ގުޅުމުގެ ބޮޑެތި ހުރިހާ ހިތާމައަކަށް ވެސް ހައްލެއް ލިބިގެންދާނެ ކަމެކެވެ.

މިއީ ހަސަދަވެރިކަމުގެ އިހުސާސްތަކުން އަރައިގަނެ، މާ ޖެލަސްވާ ލޯބިވެރިއަކަށް ނުވުމަށް ޓަކައި ވަރަށް އާދައިގެ ނަމަވެސް ހަރުދަނާ ސްޓްރެޓެޖީތަކެެއް ބޭނުން ކުރެވިދާއެވެ. މީ އެބުނާ ހިތުގެ މައްޗަށް ބުއްދި އިސްކުރާށޭ ބުނާ ބަހުގެ ބޭނުން ހިފެނޭ އެއްމެ ބޮޑު އަދި އެންމެ މުހިންމު އެއް ސިޗުއޭޝަންއެވެ.

ރަނގަޅަށް ދެނެގަނެ ވިސްނައި ފިކުރުކުރުން

ރުޅިވެރިކަމުގެ އިހުސާސްތައް އެންމެ ފުރިހަމަގޮތުގައި ދެނެގަތުމަށް މަސައްކަތްކުރާށެވެ. ކޮންމެ ސަބަބެއް އޮތަސް، ހަސަދަވެރިވަނީ ކީއްވެތޯ އެ ސުވާލުގެ އަސްލު ހޯދަން މަސައްކަތް ކުރާށެވެ. އަދި ކަމެއް ކުރަށް ވިސްނާއިރުގައި ހުރިހާ ނެގެޓިވް ކަމެއް ހަދާންނައްތައިލާ ވިސްނާނީ ޕްޒިޓިވް ކޮންނެވެ. އެކަން ހިނގަނީ ކީއްވެތޯ ބެލުމަށް އަމިއްލަ ނަފްސަށް ވަގުތު ދޭށެވެ. ބައެއް ފަހަރު މާޔޫސްވެ، ރުޅިއަށް ޖާގަ ދެނީ ހަމައެކަނި ކަންކަން ކޮމްޕްލިކޭޓްކުރާ ގޮތަށެވެ. އެންމެ ފުރަތަމަ އިހުސާސްތައް ތަރުތީބުކުރުމަށް ހަމަހިމޭން ވިސްނުމެއް ގެންގުޅޭށެވެ.

ވާހަކަ ދައްކާ

ތިމާގެ އިހުސާސްތަކާއި އެކަމުގެ ފަހަތުގައިވާ ރުޅިވެރިކަން އުފެދޭ ސަބަބު ހޯދުމަށްފަހު  އެއިހުސާސްތކުގެ މައްޗަށް ބާރުފޯރުވާށެވެ. ގުޅުމެއްގައި ދިމާވާ މައްސަލަތަކުގެ ދެބައިކުޅަ އެއްބައި ދިމާވަނީ މުއާމަލާތް ތައް ސާފުނުވުމުގެ ސަބަބުންނެވެ. ބޮލުގައި ކޮންމެ ކަމެއް ހިނގަމުން ދިޔަޔަސް ބައިވެރިޔާއާ ވާހަކަ ދެއްކުމަށް ސާފު ވިސްނުމެއް ގެންގުޅެން ޖެހޭނެ އެވެ. މީގެ އިތުރުން ބައިވެރިޔާގެ ހެޔޮ ސިފަތައް ހަނދާންކޮށް، ކަންބޮޑުވާ ކޮންމެ ފަހަރަކު، ގުޅުމުގައި މުހިންމު ކަންކަން ހަނދާންކޮށްދީ އަމިއްލަ ނަފްސަށް ހަމަޖެހުން ގެނެސްދޭށެވެ. ހެޔޮ އާދަތަކަަކީ އެފަދަ އިހުސާސްތައް ދޫކޮށްލާނެ ކަމެކެވެ.

ޓްރަސްޓް ކުރަން ދަސްކުރުން

ގުޅުން ދިރުވައި ދެމެހެއްޓުމުގެ އުސޫލަކީ ބައިވެރިޔާއާ އެކު އޮންނަ ގުޅުމަށް އިތުބާރު ކުރުމެވެ. ނޭނގޭ ބިރުވެރިކަމެއްގެ ތެރޭގައި ތިބާ ހުރެދާނެ ނަމަވެސް އުއްމީދުތައް މުޅިން ގެއްލުވާލުން ނުވަތަ ބޭކާރު ގޮތުގައި ކޮންމެ ވާހަކައެއްގައި ވެސް އެކަން ހާމަކުރުމަކީ ބައިވެރިޔާގެ ހިތުގައި ނުތަނަވަސްކަން އުފައްދައި، އެ ގުޅުން ނުތަނަވަސް ކަމަކަށް ދަމައިގަތުމެވެ. ހަސަދަވެރިކަމުގެ ސަބަބުން ތިބާގެ ސިކުނޑީގައި ނުތަނަވަސްކަން އުފެދިގެން ނުދާކަން ޔަޤީންކޮށް، އިތުރުވެދާނެ ގޮތްތައް ދެނެގަތުމަށް ސަމާލުކަން ދޭށެވެ.

ޢަމަލުކުރުމުގެ ކުރިން ވިސްނާށެވެ!

ތިބާގެ ޚިޔާލަށް ދެވަނަ ވިސްނުމެއް ދީގެން ތިބާގެ ހަސަދަވެރިކަމަށް ޢަމަލުކުރުމަކީ ޙަޤީޤަތުގައި ވެސް ހަލާކުކުރުވަނިވި ކަމެކެވެ. ގިނަ ފަހަރަށް ރުޅިވެރިކަމުގެ ސަބަބުން ރުޅިވެރި ސިފަ ބޭރުވެ، އެފަދަ ސިފަތަކާއެކު ތިބާއަށް ދައްކަނީ ހަމައެކަނި ބޮޑު ގެއްލުމެއް ނޫން ދެވަނަ ދެ އެއްޗެއް ނޫނެވެ. ދާއިމީ ގެއްލުމަކުން ސަލާމަތްވުމަށް ޓަކައި ޢަމަލުކުރުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *