ޕްރިޔަންކާ ގެ "ލަވް އެގެއިން" ގެ ޓްރެއިލާ ދައްކައިލައިފި

ޕްރިޔަންކާ ގެ "ލަވް އެގެއިން" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
17 ފެބްރުއަރީ 2023 09:07
0

ބޮލީވުޑް އާއި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ގެ ލޯބީގެ ފިލްމް "ލަވް އެގަައިން" ގެ  ޓްރެއިލާ އާއި އެކު ޕޯސްޓަރު ވެސް އާންމުކޮށްފި އެވެ.

މި ރޮމޭންޓިކް ކޮމެޑީގައި ޕްރިޔަންކާ ފެންނަނީ ކައިވެނިކުރަން އުޅުނު ލޯބިވެރިޔާ މަރުވުމުގެ ހިތާމައިގައި އުޅޭ އަންހެނެއްގެ ރޯލުންނެވެ. މި ފިލްމްގައި ޕްރިޔަންކާ އާއި އެކުގައި ފެނިގެންދާނީ ސޭމް ހިއުއަން އާއި ސެލީން ޑިއޯންއެވެ. ސޭމް ކުޅެފައިވާ ފިލްމް ތަކުގެ ތެރޭގައި 2018 ގެ "ދަ ސްޕައި ހޫ ޑަމްޕްޑް މީ" އާއި 2021 ގެ "ޓު އޮލީވިއާ" ހިމެނެ އެވެ.

'ލަވް އެގެއިން' އަކީ ލަވަކިޔުންތެރިޔާ ސެލީން ޑިއޯން ފެންނަ ފުރަތަމަ ފިލްމެވެ. ޑިއޯން ފެންނާނީ ހަމަ އޭނާގެ ގޮތުގަ އެވެ. އަދި ފިލްމުގައި އޭނަގެ ލަވަތަކެއް ވެސް ހިމެނޭނެ އެވެ. "ލަވް އެގެއިން" އަކީ ޖަރުމަންގެ 2016 ގެ ރޮމޭންޓިކް ކޮމެޑީ-ޑްރާމާ "ޓެކްސްޓް ފޯ ޔޫ" ގެ ރިމޭކެކެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

އެ ފިލްމަކީ އަންނަ މޭ 12 ގައި ސިނަމާތަކުގައި އަޅުވުަށް ތާވަލް ކޮށްފައިވާ ފިލްމްއެކެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އިންޑިއާ އަށް އުފަން ޕްރިޔަންކާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރި" މެޓްރިކްސް ރިސަރެކްޝަންސް" އެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.