ސިޔާސީ ޕާޓީތައް އުވާލުމާ ގުޅޭ މައްސަލަ: 10 އަހަރު ފަހުން ނިންމީ ނުބެލޭނެ ކަމަށް!

ސިޔާސީ ޕާޓީތައް އުވާލުމާ ގުޅޭ މައްސަލަ: 10 އަހަރު ފަހުން ނިންމީ ނުބެލޭނެ ކަމަށް!

ގުޅުންހުރި

މީގެ ދިހަ އަހަރު ކުރިން 2013 ވަނަ އަހަރު، ގައުމީ ޕާޓީގެ ފަރާތުން އިމާދު ސޯލިހު ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓަށް ބެލުމުގެ އިހުތިސޯސް ނެތް ކަމަށް ދިހަ އަހަރު ފަހުން މިއަދު ހުކުމްކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ އަށް މާއްދާއެއް ގާނޫނު އަސާސީއާ ޚިލާފު ކަމަށް ކަނޑައަޅައިދިނުމަށް އެދި އޭރުގެ ގައުމީ ޕާޓީގެ ފަރާތުން އިމާދު ޞާލިޙު ހުށަހެޅި މައްސަލައެކެވެ. އެ މާއްދާތައް ބާތިލްކުރުމަށް އޭރު ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ 10,000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާލުން ހުއްޓުވުމެވެ.

އޭގެ އިތުރަށް ސިޔާސީ ޕާޓީއެއްގެ ކާމިޔާބީ ވަޒަންކުރާނީ އިންތިހާބުތަކުގެ ނަތީޖާއިން ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެ ކަމަށް ރިއާޔަތްނުކޮށް 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނި ދައުލަތުގެ ބަޖެޓުން ފައިސާ ފޯރުކޮށްދޭ ގޮތަށް އޮތް މާއްދާ ގާނޫނާ ހިލާފު ކަމަށް އޭގައިވެއެވެ.

10،000 މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކަށް މާލެ ސިޓީ ކައުންސިލުން މާލެ ސަރަހައްދުގެ ބިމެއް ކަނޑައަޅާ ގޮތަށް ވެސް ގާނޫނުގައި ހިމަނާފައި އޮތް އޮތުމަކީ ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ކުރުން އުފެދޭ ގޮތަށް އޮތް މާއްދާއެއް ކަމަށް ވެސް ހުށަހެޅި މައްސަލާގައިވެއެވެ.

އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުން މިއަދު އިއްތިފާގުވެފައި ވަނީ އެއީ ސުޕްރީމް ކޯޓުން ބެލުމުގެ އިހްތިސާސް ނެތް މައްސަލައެއްގެ ގޮތުގައެވެ.

އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނުއެވެ. ދެން ބެންޗުގައި ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު އައިޝާ ސުޖޫން ޒާހިރު އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިންނެވެ. އެ ހަތަރު ފަނޑިޔާރުން ވެސް ވަނީ އުއްތަމަ ފަނޑިޔާރުގެ ރައުޔަށް ތާއިދު ކުރައްވާފައެވެ.

މި މައްސަލައިގައި އިމާދު ޞާލިޙުގެ ފަރާތުން ހުށަހެޅި ނުކުތާތަކާއި ހޯދުމަށް އެދުނު ފަރުވާތަކަށް ރިއާޔަތްކުރާއިރު މި މައްސަލައިގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބިގެންވާ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަންޖެހޭ ފަދަ ސަބަބެއް އިމާދު ޞާލިޙުގެ ފަރާތުން ހުށަހެޅިފައިވާ ކަމަކަށް އަހަރުން ނުދެކެން.

– އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވިއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމުގެ ހުއްދަ ދިނީ އެ ކޯޓުގެ ގަވާއިދުގެ ކޮން މާއްދާއަކާ ހަވާލާދީ ކަމެއް އެނގެން ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ