ތ.އަތޮޅު ބުރުނީ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ 20 އިންސައްތަ ފުރިހަމަ ކުރެވިފައި ކަމަށެވެ. އަދި، ގިރާ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް މިޙަރު ވަނީ 27 އިންސައްތަ ފުރިހަމަ ކުރެވިފައި ކަމަށެވެ،
މިމަޝްރޫޢުގެ ދަށުން 21،181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި 220 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 369 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމަށްވެސްވަނީ ހަމަޖެހިފައެވެ.
Th. Buruni Shore Protection Project is currently underway. Breakwater construction has reached 20% completion, and beach area backfilling work has reached 27% completion.#MTCCProjects #RayyithungeKunfuni pic.twitter.com/9UNnQCpStE
— MTCC Plc (@MTCCPlc) February 15, 2023
ތ.އަތޮޅު ބުރުނީ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ. މިމަޝްރޫޢުގެ މަސައްކަތުގެ އަގަކީ 28.8 މިލިއަން ރުފިޔާއެވެ.
ކޮމެންޓު ފޮނުވާ