"ޑްރީމް ގާލް 2″ ގެ ޓީޒާއެއް ދައްކައިލައިފި

"ޑްރީމް ގާލް 2″ ގެ ޓީޒާއެއް ދައްކައިލައިފި

ގުޅުންހުރި

ބޮލީވުޑްގެ އެކްޓަރ އަޔުޝްމާން ކުރާނާ އާއި އަރަމުން އަންނަ ޒުވާން ބަތަލާ އަނަންނިޔާ ޕާންޑޭ ފެނިގެންދާ ފިލްމު "ޑްރީމް ގާލް 2″ ގެ ޓީޒާއެއް ބެލުން ތެރިންނަށް ދޫކޮށްލައިފިއެވެ.

މީގެ ކުރިންވެސް ވަނީ މި ފިލްމްގެ ޓީޒާއެއް ބެލުންތއެރިންނަށް ގެެނެސްދީފައިއެވެ. ނަމަވެސް މި ޓީޒާގައި ބޮޑަށް ފިލްްމ އިން ފެނިގެންދާނެ ތަރިން ތައާރަފް ކޮށްދީފައި ވާއިރުގައި މި ފިލްމްގެ ލީޑުން ފެނިގެންދާނި އަޔުޝްމާން ކުރާނާ އާއި އަނަންނިޔާ ޕާންޑޭ އެވެ.

 

View this post on Instagram

 

A post shared by Ayushmann Khurrana (@ayushmannk)

މި އަހަރުގެ ޖޫން 29 ގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ މި ފިލްމް މިހާރު ސިނަމާތަކަށް ގެންނަން ނިންމައިފައިވަނީ ޖުލައި 7 ގައިއެވެ.  2019 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު "ޑްރީމް ގާލް"ގެ ސީކުއެލް އެކެވެ. އެ ފިލްމުގެ ލީޑުން ވެސް ފެނިގެންދިޔައީ އަޔުޝްމާން ކުރާނާއެވެ. ނަމަވެސް ލީޑް ބަތަލާ އަކަށް އެ ފިލްމުގައި ފެނިގެން ގޮސްފައިވަނީ ނުޝްރަތު ބަރޫޗާއެވެ.

ޑްރީމް ގާލްގެ ފުރަތަމަ ބަޔަކީ ވަޒީފާއެއް ހޯދަން އުޅޭ ޒުވާން ފިރިހެނަކު އެންމެ ފަހުން ކޯލް ސެންޓަރެއްގައި ޕޫޖާ ނަމަކަށް ކިޔާ އަންހެނަކަށް ހެދިގެން މަސައްކަތްކުރަން ފެށުމުން އޭނަގެ އަޑުގެ ޖާދޫގައި އެތައް ފިރިހެނުންނެއް ޖެހުމުން ދިމާވާ މަޖާ ކަންތައްތަކެއް ދައްކުވައިދިން ފިލްމެކެވެ.

 

"ޑްރީމް ގާލް 2″ އިން ފެންނާނީ ފިރިހެންކުއްޖާގެ ލޯބި ސީރިއަސްކޮށް އަންހެންކުއްޖާ ނުނަގާތީ ދެން ދިމާވާ ކަންތައް ތަކެކެވެ. އެކްތާ ކަޕޫރު އަދި ޝޯބާ ކަޕޫރު ޕްރޮޑިއުސްކޮށް ރާމް ޝާންޑިލްޔާ ޑައިރެކްޓު ކުރާ މި ފިލްމުން ބެލުންތެރިން ހެއްވާލާނެ މަޖާ ކަންތައްތަކެއް ފެނިގެން ދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ