ސްޕަސްޓާރު އާމިރު ހާން އެންމެ ފަހުގެ ފިލްމް މިދިއަ އަހަރު ނެރުނު "ލާލް ސިންގް ޗައްޑާ' ފްލޮޕް ވުމުގެ ހިތާމާގައި އޭނާ ވަނީ ބޮލީވުޑްއިން އަހަރެއްހައި ދުވަހުގެ ބްރޭކެއް ނަގައިފައިއެވެ.
ވަރަށް އުންމީދީ ފިލްްމއެއް ގެ ގޮތުގައި ފާހަގަ ކުރެވުން އެކްޓަރު ގެ ފިލްްމް އުންމީދު ނުކުރާކަހަލަ ގޮތަކަށް ނާކާމިޔާބު ވުމުން އާއިލާ އަށް ވަގުތު ދިނުމަށް ކަމަށް ބުނެ އާމިރު މިހާރު ހުރީ އެއް އަހަރުގެ ޗުއްޓީއެއް ގައިއެވެ.
މި ޗުއްޓީ އޭނާ ހޭދަކުރަމުން އަންނަނީ އާއިލާ އާއި ރައްޓެހިންނާއި އެކުގައިއެވެ. އެގޮތުން އޭނާ ވަނި މި ފަހުން ގާތް އެކުވެރިއެއް ކަމުގައިވާ ޝަރްމަން ޖޯޝީ ގެ ކުރިއަށް އޮތް ފިލްމް "ކޮންގްރެޖްލޭޝަން" ޕްރޮމޯޓް ކުރުމަށް ދެއްކި ވީޑިއޯއެއް ގައި ފެނިގެން ގޮސްފައިއެވެ.
އަދި ހަމަ އެއާއި އެކުގައި އާމިރު ވަނީ މި ފަހުން ކައިވެނި ހަފްލާ އަކުން ފެނިގެން ގޮސްފައިއެވެ. މި ކައިވެނި ހަފްލާގައި އާމިރު ފެނިގެން ގޮސްފައިވަނީ ދަޑިބުރިއެއްގެ އެހީގައި އުޅޭ ތަނެވެ. އާމިރަށް އެއްވެސް ކަހަލަ އެންޖަރީއެއް ލިބުން ކަމަށް މީޑިއާއިން އިވިފައި ނުވާ އިރުގައި އޭނާގެ ފަޔަށް ކޮންމެވެސް ކަމެއްވެ ހިންގަނީ އަސާއެއްގެ އެހީގައިއެވެ.
އަދި އަސާ ނެއްއިރުވެސް އޭނާ ހިންގަނީ ކޮރެއް ޖަހައިގެންނެވެ. މިހާރު ސޯޝަލް މީޑިއާގައި އަންނަނީ އާމިރުގެ ފޮޓޯ އަދި ވީޑިއޯތަށް ވައިރަލް ވަމުންނެވެ. އެއާއި އެކުގައި ސަޕޯޓަރުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައިއެވެ. އަދި އާމިރުގެ ފަޔަށް ވީގޮތް އޮޅުން ފިލުވަން ބޭނުންވާކަން ހާމަކޮށް ގޮނަ ބަޔަކު ވަނި އަޑު އުފުލާފައިއެވެ.
#AkshayKumar, #AamirKhan & #KamalHaasan together 🔥 pic.twitter.com/Lu3Y87Cmzq
— ʀᴀᴊɪᴠ 🔥🐉 (@akkian_rajiv) February 10, 2023
އާމިރު މި ދަޑި ބުރިއާއި އެކުގައި ބައިވެރި ވި ކައިވެނި ހަފްލާ އަކީ ކާކުގެ ކައިވެންޏެއް ކަމެއް ނޭގެއެވެ. ނަމަވެސް އާމިރު އާއި އެކު އަކްޝޭ ކުމާރު އަދި ސައުތުގެ މަޝްހޫރު އެކްޓަރުން ވަނީ ފެނިގެން ގޮސްފައިއެވެ. ކައިވެނީގެ ހަފްލާތައް ބާއްވާފައި ވަނީ ޖައިޕޫރުގެ ރާމްބާގް ޕެލަސްގަ އެވެ.