ބޮލީވުޑްގެ ކުރީގެ ބަތަލާ ޝަރުމީލާ ޓެގޯރް ގިނަ ދުވަސްތަކެއް ފަހުން ކުޅުނު ފުރަތަމަ ފިލްމު "ގުލްމޯހަރް" އަންނަ މަހު ބެލުންތެރިންނަށް ދޫކޮށްލަން ނިންމައިފި އެވެ.
މި ފިލްމް އަކީ ޝަރުމީލާ ފިލްމް އެއްގެ މަސައްކަތް ނުކުރާތާ ގިނަ ދުވަސް ތަކަކަށް ފަހު ބެލުންތެރިންނަށް ދޫކޮށްލާ ފިލްމްއެކެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން އަންނަ މަހުގެ މަހުގެ 3 ގައި މި ފިލްމް ޕްރިމިއާ ކުރާނެއެވެ.
މި ފިލްމް އަކީ ފެމެލީ ޑްރާމާ އެކެވެ. މި ފިލްމް ގައި ޝަރުމީލާ ފެނިގެންދާނީ ވަރަށް މުހިންމު ރޯލަކުންނެވެ. އަދި މި ފިލްމް އަކީ ވަރަށް ހިތާމަވެރި ރޮއްވައިލާނެ ފަދަ ކަންތަށްތަކެއް ފެނިގެންދާނެ ފިލްމްއެއް ކަމަށް ހަބަރުތަށް ބުނެއެވެ.
ރާހުލް ވީ ޗިޓެލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓްގައި ޝަރުމިލާ އާއި އެކުގައި ފެނިގެން ދާނީ މަނޯޖް ބަޖްޕާއީ އާއި ސިމްރަން އަދި ސޫރަޖް ޝަރުމާ ފަދަ ތަރިންނެވެ.
ހިންދީ ސިނަމާގައި 1960 އާއި 1970 ގެ އަހަރުތަކުގެ ތެރޭގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ ޝަރުމީލާ، 78، އެންމެ ފަހުން ފެނިފައި ވަނީ 2010 ގައި ރިލީޒްކުރި ދީޕިކާ ޕަދްކޯނާއި އިމްރާން ޚާންގެ "ބްރޭކް ކޭ ބާދު" އިންނެވެ.
ކާމިޔާބު އެތަށް ފިލްމް އެއް ކުޅެފައިވާ ޝަރްމީލާ އަކީ މަޝްހޫރު އެކްޓަރު ސައިފް އަލި ހާން ގެ މަންމަ އެއެވެ. އަދި ހަމަ އެއާއި އެކުގައި ބޮލިވުޑްގެ ބައެއް ފިލްމް ތަކުން ފެނިގެންދިއަ މާ މަޝްހޫރު ނޫން ބަތަލާ ސޯހާ އަލީ ހާން އަކީ ވެސް ޝަރުމީލާ ގެ ދަރިއެވެ.
އަދި ހަމަ އެއާއި އެކުގައި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރަކީ ސަރުމީލާގެ ޅީ ދަރިއެވެ. އެފދައިން ސޯހާގެ ފިރިމީހާ އެކްޓަރު ކުނާލް ކޭމޫ އަކީވެސް ޝަރުމީލާގެ ޅީ ދަރިއެކެވެ. އަދި މިހާރު އަރަމުން އަންނަ ޒުވާން ބަތަލާ ސާރާ އަލީ ހާން އަކި ޝަރުމީލާ ގެ މާމަ ދަރިއެކެވެ.