ދަރިފުޅަށް އަހަރު ނުވަނީ ރިއާނާ އަށް ދެވަނަ ދަރިއަކު ލިބެނީ

ދަރިފުޅަށް އަހަރު ނުވަނީ ރިއާނާ އަށް ދެވަނަ ދަރިއަކު ލިބެނީ

Author
ފާތިމަތު ނާވީ
13 ފެބްރުއަރީ 2023 03:39
0

އަލަތު ދަރިފުޅަށް އަހަރު ނުވަނީސް މަޝްހޫރު ލަވަކިއުން ތެރިއާ ރިއާނާ ދެވަނަ ކުއްޖަކަށް ބަލިވެއިނދެފި އެވެ.

ރިހާނާ އާއި އޭނާގެ ލޯބިވެރިޔާ ރެޕާ، އެޕީ ރޮކީގެ އަލަތު ދަރިފުޅު ލިބުންތާ އަހަރު ނުވަނީސް ރިއާނާއަށް ދެވަނަ ދަރިފުޅު ލިބެން އުޅޭކަން ލަވަކިޔުންތެރިޔާގެ ތަރުޖަމާނު ވަނީ ކަށަވަރު ކޮށްދީފައިއެވެ.

ރިއާނާ، 34، އަށް ފުރަތަމަ ދަރިފުޅު ލިބުނީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އެމީހުންނަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. މި ކަން ކަށަވަރު ކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް މިހާތަންނަށް ހާމަ ކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by badgalriri (@badgalriri)

އެތައް އަހަރެއް ވަންދެން ރަހުމަތްތެރިންގެ ގޮތުގައި ތިބުމަށްފަހު ރިއާނާ އާއި އެޕީ ރޮކީ ގުޅުނީ 2020 ވަނަ އަހަރު އެވެ.  ރިހާނާ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އަންހެނުންގެ ތެރޭގައި ހިމެނޭ އަދި އެންމެ ބޮޑު އާމްދަނީއެއް ހޯދި މިއުޒިކް އާޓިސްޓުންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. އަދި އޭނާ އަކީ އަމިއްލަ ފެޝަން ބްރޭންޑަކާއި ބިއުޓީ ލައިނެއް ހިނގާ ވިޔަފާރިވެރިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.