ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމުގައިވާ އައްޑޫ ސިޓީއައި، ފުވަށްމުލަކު ސިޓީގައި އެމްޓީސީސީން ކުރިއަށް ގެންދާ މަޝްރޫޢުތައް ގާތުން ބައްލަވައި، މަޝްރޫޢުތަކުގެ މައުލޫމާތު ދެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ އެދެސިޓީއަށް ވަޑައިގެންފައެވެ.
އާޒިމް އައްޑޫ ސިޓީއަށާއި، ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އެ ދެސިޓީގެ ރަށްތަކުގައި މަސައްކަތް ކުރިއަށްދާ ސައިޓުތަކަށް އާޒިމް ވަނީ ވަޑަިއގެން މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާފައެވެ. އަދި މަޝްރޫޢުތައް ހިންގުމުގައި ހުރި ދަތިތައް އޮޅުން ފިލުވައި ވަކި ތާރީހެއްގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

އަޒިމްވަނީ ދެސިޓީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އައްޑޫ ސިޓީގައި ކުރިއަށްދާ އެމްޓީސީސީގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު އައްޑޫސިޓީ ކަންސިލަށް ދެއްވާފައެވެ. އާޒިމް ވިދާޅުވީ، އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މީދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ ޖަނަވަރީ ނުވަތަ ފެބުރުވަރީ މަހުގެ ނިޔަލަށް އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމުގައެވެ. މީގެ އިތުރުން ހުޅުދޫ ބަނދަރުގެ 38 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫޢުގެ 89 އިންސައްތަ މަސައްކަތްވެސް ނިމިފައިވާއިރު މަރަދޫ ބަނދަރުގެ 99 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީގެ ރިންގް ރޯޑުގެ މަސައްކަތް ކުރިއަށްދާގޮތްވެސް އާޒިމްވަނީ އެސީޓީއަށް ވަޑައިގެން ބައްލަވާލައްވާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީން ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާއިރު، އެކުންފުނީގެ އަމާޒަކީ ކަނޑައެޅިފައިވާ ތާރީޚުތަކަށް މަސައްކަތް ނިންމުމެވެ. އަދި މަޝްރޫޢުތައް އަވަސްކޮށް ނިންމައި، ރައްޔިތުންނަށް އެތަންތަނުގެ ބޭނުން ހިފަން ދޫކޮށްލާއިރު ފެންވަރު ރަނގަޅު ކޮލިޓީ ތަންތަނަށް ހެދުމަކީ އެކުންފުނީގެ އެންމެ ބޮޑުއަމާޒެވެ. އެމްޓީސީސީން ވަނީ ދާދިފަހުން ހއ. ހޯރަފުށީފައި 8 މަސް ދުވަހުގެ ތެރޭގައި އާޕޯޓެއް އަޅައި ނިންމައި ރާއްޖޭގެ ތާރީހުގައި އެންމެ ފުރަތަމަ އެއާޕޯޓެއް ނިންމުމުގެ ތާރީހުގެ ތެރެއަށްވެސް ވަދެފައެވެ.
ކޮމެންޓު ފޮނުވާ