އާތުރައިޓިސްގެ ވޭނަށް އެހީވެދޭ 5 ބާވަތެއް

އާތުރައިޓިސްގެ ވޭނަށް އެހީވެދޭ 5 ބާވަތެއް

ގުޅުންހުރި

ފިނި ދުވަސްވަރު އާތުރައިޓިސް ޖެހިފައިވާ މީހުންގެ ގުނަވަންތަކުގައި ވަރަށް ބޮޑަށް ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ. ދުނިޔޭގެ އެތައް މިލިއަން ބަޔަކު ތަހައްމަލު ކުރަމުންދާ އާތުރައިޓިސް އަކީ ގުނަވަންތަކަށް އިންފްލެމޭޝަން، ފުއްޕާމޭ ނުވަތަ ހަރުކަށިވުމުގެ ސަބަބުން ޖެހޭ ދާއިމީ ބައްޔެކެވެ.

މި ބަލި އެއްކޮން ރަނަގޅު ނުކުރެވުން ކަމުގައިވިޔަސް ވޭނަށް ލުޔެއް ހޯދައިދީ ބަލި މެނޭޖް ކުރުމަށް އެހީތެރިވެދޭ ބައެއް ބާވަތްތަށް ހުރެއެވެ. އެގޮތުން ނިއުޓްރިޝަނިސްޓް ލޮވްނީތު ބަޓްރާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ ގުނަވަންތަކުގައި ރިއްސުމަށް ލުޔެއް ހޯދައިދޭ ހާބްސްއާ ބެހޭ ގޮތުން ޕޯސްޓެއް ހިއްސާކޮށްފަ އެވެ.

އެގޮތުން މި ޕޯސްޓުގައި ބުނެފައިވަނީ އާންމު ދިރިއުޅުމުގައިވެސް ބޭނުން ކުރާ އަދި ފަސޭހައިން ލިބެން ހުރި އެއްޗިއްސެވެ. އެހެން ކަމުން މި ބަލި ތަހައްމަު ކުރަމުން ދާ ފަރާތްތަކަށް މީ އަޖުމަ ބަލައިލުމަށް އެކަށީގެންވާ އެއްޗެއް ކަމުގައި ވެއެވެ. އެގޮތުން އެ ފަސްބާވަތަކީ :

އެލޯވެރާ: އޭގައި އެންޓި-އިންފްލެމޭޓަރީ ގުނަވަންތައް އެކުލެވިގެންވެއެވެ. މި ޖެލްގައި އާތުރައިޓިސް ފިލުވައިދިނުމަށް އެހީތެރިވެދޭ އެންތްރަކުއިނޯންސް އެކުލެވިގެންވެއެވެ. މީ އާންމުކޮން ރާއްޖެއިން ވެސް ވަރަށް ފަސޭހައިން ލިބެން ހުންނަ އެއްޗެކެވެ. އަދި ހަމަ އެއާއި އެކުގައި މި ކަހަކީ މާ ބޮޑު އުދަގުލަކާއި ނުލައި ހައްދައިލެވޭ ގަހެއްވެސް މެއެވެ.

ރީނދޫ (ހަލްދީ): އޭގެ މައިގަނޑު މާއްދާ ކަމަށްވާ ކަރްކިއުމިންގައި އެންޓި-އިންފްލެމޭޓަރީ ހުރެ އެވެ. މީ ކެއުމުގައި އާންމު ކޮން ބޭނުން ކުރާ އެއްޗެއް ވެސް މެއެވެ. އަދި ފަސޭހައިން ލިބޭ އަހަރުމެންގެ ބަދިގޭ އަތުޖެހޭ ފަށުގައި އަބަދުވެސް ހުންނަ އެއްޗެކެވެ.

ތައިމް: މިއީ އެންޓި-އިންފްލެމޭޓަރީ އަދި އެންޓި-މައިކްރޯބިއަލް ޕްރޮޕަޓީސް އެކުލެވިގެންވާ އެއްޗެކެވެ. އާންމު ކޮން ގްރޯސަރީ ސްޓޯ ތަކުން ފަސޭހަ ކަމާއި އެކުގައި ތައިމް ލިބެއެވެ. އަދި ހިއްކައި ފުޅީގައި ބަންދުކޮށްފައިވާ ތައިމް ގިނަ ދުވަހު ބޭނުން ކުރެވޭނެއެވެ.

އިނގުރު: އިނގުރަކީ އެންޓި-އިންފްލެމޭޓަރީ އެކުލެވިގެންވާ އެއްޗެކެވެ. އޭގެ ތެރޭގައި ލިއުކޮޓްރިއެންސް ނަމަކަށް ކިޔާ އިންފްލެމޭޓަރީ މޮލިކިއުލްތައް ހިފަހައްޓައި، ވޭނާއި އިންފްލެމޭޝަން އުފައްދައިދޭ ޕްރޮސްޓެގްލޭންޑިންސް ސިންތެސައިޒް ކުރުމުގެ ގާބިލުކަން ހިމެނެ އެވެ.

ލުނބޯ: ގައި އެންޓި-އިންފްލެމޭޓަރީ ކޮމްޕައުންޑެއް ކަމަށްވާ ޑައިލިލް ޑައިސަލްފައިޑް އެކުލެވިގެންވެއެވެ. ލުބޮލަކީ ވެސް ފަސޭހައިން އަދި އަގު ހެޔޮކޮން ބާޒާރުން ލިބެން ހުއްނަ ބާވަތެކެވެ.

މީގެ ކުރިން ވާހަކަ ދައްކަވަމުން ގުރުގުރާމްގެ ފޯޓިސް މެމޯރިއަލް ރިސާޗް އިންސްޓިޓިއުޓްގެ ސީނިއާ ކޮންސަލްޓަންޓް-ރިއުމެޓޮލޮޖީ ޑރ ނަވަލް މެންދިރާޓާ ވިދާޅުވީ ކިޑްނީއަށް އޭގެ އަސަރު ކޮށްފާނެތީ، ލުޔެއް ހޯދުމަށް މާ ގިނައިން ޕެއިންކިލަރ ބޭނުންނުކުރުން އެދެވިގެންވާ ކަމަށެވެ.

"އާތުރައިޓިސް އަށް މިހާރު ބަޔޮލޮޖިކަލް އިންޖެކްޝަން ބޭނުން ކުރަނީ. މިއީ ޖޮއިންޓްތައް ބެންޓްވުމަށް އެހީތެރިވެދޭ އެޑްވާންސް ޓްރީޓްމަންޓެއް. ބަލި ދެނެގަނެވޭތާ ހަ މަސް ދުވަހުގެ ތެރޭގައި ފަރުވާ ދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ނިއުޓްރިޝަނިސްޓުން ބުނާ ގޮތުގައި އޮސްޓިއޯއާތުރައިޓިސް (އޯއޭ) އާއި ރިއުމެޓޮއިޑް އާތުރައިޓިސް (އާރްއޭ) އަކީ ގުނަވަންތަކުގައި ވަރަށް ބޮޑަށް ރިއްސުމާއި ދިރިއުޅުމުގެ ފެންވަރު ދަށްވުމާ ގުޅިފައިވާ އާތުރައިޓިސްގެ މައިގަނޑު ދެ ވައްތަރެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *