ކުޅުދުއްފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ކުޅުދުއްފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
08 ފެބްރުއަރީ 2023 11:35
0

ކުޅުދުއްފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ގޮނޑުދޮށަށް ވެލި އެޅުމުގެ މަސައްކަތާއި ބެޑް ޕްރިޕަރޭޝަން މަސައްކަތްތަކެވެ.

ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު އޮތް 590 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް މަރާމާތުކޮށް އުސްކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި 292 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް އިތުރުކުރުމާއި 30 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުން ހިމެނެއެވެ. މި މަޝްރޫޢުއަށް 42.3 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.

ކުޅުދުއްފުށީގެ އެއަރޕޯޓް ތަރައްޤީކުރުމަށް އެރަށުގެ ކުޅި ހިމެނޭހެން 15 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. މީގެތެރެއިން 6 ހެކްޓަރު ހިއްކާފައިވަނީ ރަށުގެ ފަޅުތެރެއިންނެވެ. އެ ސަރަޙައްދު ޙިމާޔަތްކުރުމަށް ފުރަތަމަ ޖަހާފައިވަނީ 590 މީޓަރުގެ ދިގު، 1.6 މީޓަރުގެ އުސް ބޮޑުހިލައިގެ ތޮއްޓެކެވެ. ނަމަވެސް ވިއްސާރަވެ މޫސުންގޯސްވުމުގެ ސަބަބުން، މި ތޮއްޓަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.