އިޚްލާސްތެރިކަމުގެ ވާހަކަ ދައްކަން އިމްރާން ލަދުގަންނަން ޖެހޭ: ޝައިޚް ސައުދާން

އިޚްލާސްތެރިކަމުގެ ވާހަކަ ދައްކަން އިމްރާން ލަދުގަންނަން ޖެހޭ: ޝައިޚް ސައުދާން

Author
ޢަލީ އާދަމް
04 ފެބްރުއަރީ 2023 03:03
0

އިކްލާސްތެރިކަމުގެ ވާހަކަ ދައްކަން ހޯމް މިނިސްޓަރ އަދި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ލަދުގަންނަން ޖެހޭކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަބްދުﷲ ސައުދާން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕާ ގުޅޭގޮތުން އިމްރާން ކުރެއްވި ޓްވީޓަކަށް ރައްދުދެއްވައި ޝައިޚް ސައުދާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޝައިޚް އިމްރާން އެމަޤާމަށް އައީ އިޚްލާސްތެރި ކަރުދާސްތަކެއް ދައްކަވައިގެންތޯ ސުވާލުކުރައްވާފައެވެ. އަދި އިސްލާމް ދީނާ ޚިލާފު އެތައްކަމެއް މިހާރުގެ ސަރުކަރުން ކުރާއިރު ސަނާކިޔުންމަތީ ތިޔަ ހުންނަވަނީ އިޚްލާސްތެރިކަމުންތޯ އިމްރާނާ ޝައިޚް ސައުދާން ސުވާލުކުރައްވާފައިވެއެވެ. އެހެންނޫނީ އެއީ އެހެން މަޤުސަދެއް އޮތްކަން ހާމަވީތޯވެސް އައްސަވާފައިވެއެވެ.

ޝައިޚް ސައުދާން އެވިދާޅުވާ ކަރުދާސްތަކަކީ، ރައީސް ޔާމީންގެ ވެރިކަމުގައި ކުރި މެއިޑޭ މުޒާހަރާގައި ޑރ.އަފްރާޝީމްގެ މަރުގެ ސައްޙަ ކިތާބީ ހެކިކަކަމށްބުނެ އިމްރާން ދެއްކެވި ކަރުދާސްތަކެވެ. އެއީ ހަވީރު ނޫހުގެ ކޮޕީތަކެއްކަމަށް ފަހުން ބައެއް މީހުން ބުނެފައިވެއެވެ. ރައީސް ޔާމީނާއި ކުރީގެ ނައިބުރައީސް އަދީބަށް ތުހުމަތުކޮށް އެދުވަހު އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން ފަހުން ސުވާލުކުރުމުން އޭނާ އެއަށް މާ ތަފްސީލް ޖަބާބެއް ނުދެއްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.