ޔާމިން މިނިވަން ކުރުމަށް ގޮވާލާ، "ބުންވަރު" ހިގާލުން ބާއްވައިފި

ޔާމިން މިނިވަން ކުރުމަށް ގޮވާލާ، "ބުންވަރު" ހިގާލުން ބާއްވައިފި

"ބުންވަރު"ގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން އިންތިޒާމްކުރި ހިގާލުން މިއަދު ހަވީރު މާލޭގެ މަގުތަކުގައި ކުރިޔަށް ގެންގޮސްފިއެވެ.

މިއަދު ހަވީރު، ޕީޕީއެމްގެ ދޮރުމަތިން ފެށުނު މި ހިނގާލުމުގައި ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެފައި ވާއިރު، ހިނގާލުން ކުރިޔަށް ގެންގޮސްފައިވަނީ އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ތާއީދިކުރާ ގިނަބަޔަކާވެސް އެކީގައެވެ. މި ހިނގާލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިގައިވަނީ މިއަދު ހަވީރު 6:00 އާއި ހަައަށެވެ.

އިދިކޮޅު ޕީޕިއެމްއިން އިންތިޒާމްކުރި "ހޯޕް ކޮންރަފެންސް"އަށްފަހު މިއަދު ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި ކުރިޔަށް ގެންދެވުނު މި ހިނގާލުމުގައި އަޑު އުފުލާފައިވަނީ 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމިން މިނިވަން ކުރުމަށާއި، އޭގެ އިތުރުން ރައީސް ސާލިހުން މަގާމުން އިސްތިއުފާ ދެއްވުމަށެވެ. މި ހިނގާލުން ކުރިޔަށް ގޮސްފައިވަނީ އިދިކޮޅު ޕީޕީއެމްއިން ބޭއްވި ހޯޕް ކޮންފަރެންސްގެ ހަރަކާތެއްގެ ގޮތުގައެވެ.

އިއްޔެ މެންދުރު "ހޯޕް ކޮންފަރެންސް" ފެށީ ހާހަކަށްވުރެ ގިނަ މަންދޫބުންނާއެކުކަމަށް ޕީޕީއެމްއިން ބުނެފައި ވެއެވެ. މިޙަރަކާތަކީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމާއި ރައީސް ޔާމީން 2023ގެ ކެމްޕޭންގެ ދަތުރުތައް އަނެއްކާވެސް އަތޮޅުތަކަށް ފެށުމަށް ތައްޔާރުވުމުގެގޮތުން ބާއްވާ ކޮންފަރެންސްއެއްކަމަށްވެސް ޕީޕީއެމްއިން ބުނެފައި ވެއެވެ.

ހޮޮނިހިރު ދުވަހުގެ ނިޔަކަށް ސެޝަންތަކަކަށް ބަހާލައިގެން ކުރިއަށްދިޔަ މި ކޮންފަރެންސްގައި ޕީޕީއެމްގެ އެކި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ގޮވިތަކުގެ އިސް ބޭފުޅުން ބައިވެރިވެފައި ވެއެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ސެނެޓަރުންނާއި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ޕީޕީއެމް މެމްބަރުން މިކޮންފަރެންސްގައި ބައިވެރިވެއެވެ.

މި ކޮންފަރެންސްގެ ޚާއްސަ ހަރަކާތެއްގެގޮތުގައި ހުކުރުދުވަހު މާލޭގައި ބޮޑު ހިނގާލުން ބާއްވާފައި ވާއިރު، ހޯޕް ކޮންފަރެންސް ނިންމަނީ ހޮނިހިރު ދުވަހު ރޭގަނޑު 8:30 ގައި އާޓިފިޝަލް ބީޗުގައި އޮންނަ ޚާއްސަލ ޖަލްސާއިންނެވެ. އެޖަލްސާއަށް ދީފައިވާ ނަމަކީ "ދުއްޕާން"އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *