ޕީޕީއެމްގެ "ހޯޕް ކޮންފަރެންސް" ފަށައިފި

ޕީޕީއެމްގެ "ހޯޕް ކޮންފަރެންސް" ފަށައިފި

އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އިދިކޮޅު ޕީޕީިއެމުން ބާއްވާ ޚާއްސަ ޙަރަކާތް "ހޯޕް ކޮންފަރެންސް" ދަރުބާރުގޭގައި ފަށައިފިއެވެ.

މިއަދު މެންދުރު މި ކޮންފަރެންސް ފެށީ ހާހަކަށްވުރެ ގިނަ މަންދޫބުންނާއެކުކަމަށް ޕީޕީއެމްއިން ބުނެއެވެ. ކޮންފަރެންސްގެ އިސްސަފުގައި ތިބީ ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންނެވެ. މިޙަރަކާތަކީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމާއި ރައީސް ޔާމީން 2023ގެ ކެމްޕޭންގެ ދަތުރުތައް އަނެއްކާވެސް އަތޮޅުތަކަށް ފެށުމަށް ތައްޔާރުވުމުގެގޮތުން ބާއްވާ ކޮންފަރެންސްއެއްކަމަށް ޕީޕީއެމްއިން ބުނެއެވެ.

ހޮޮނިހިރު ދުވަހުގެ ނިޔަކަށް ސެޝަންތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ކޮންފަރެންސްގައި ޕީޕީއެމްގެ އެކި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ގޮވިތަކުގެ އިސް ބޭފުޅުން ބައިވެރިވެއެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ސެނެޓަރުންނާއި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ޕީޕީއެމް މެމްބަރުން މިކޮންފަރެންސްގައި ބައިވެރިވެއެވެ.

މި ކޮންފަރެންސްގެ ޚާއްސަ ހަރަކާތެއްގެގޮތުގައި ހުކުރުދުވަހު މާލޭގައި ބާއްވާ ބޮޑު ހިނގާލުން ފާހަގަކޮށްލެވެއެވެ. "ބުންވަރު"ގެ ނަމުގައި ބާއްވާ މި ހިނގާލުން ފަށަން ކަނޑައަޅާފައި އޮތީ ޕީޕީއެމް އޮފީސް ކުރިމަތިން ހުކުރުދުވަހު ހަވީރު 3:45ގައެވެ.

ހޯޕް ކޮންފަރެންސް ނިންމަނީ ހޮނިހިރު ދުވަހު ރޭގަނޑު 8:30 ގައި އާޓިފިޝަލް ބީޗުގައި އޮންނަ ޚާއްސަލ ޖަލްސާއިންނެވެ. އެޖަލްސާއަށް ދީފައިވާ ނަމަކީ "ދުއްޕާން"އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް އެކޯލިޝަނުން ކަނޑައަޅާފައިވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީނެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މައްޗަށް ދަށުކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމާއެކު މިވަގުތު އެމަނިކުފާނަށްވަނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައެވެ. ޕީޕީއެމްއިން އުންމީދުކުރަނީ ހައިކޯޓުން އެޙުކުމް ބާޠިލްކޮށް ރައީސް ޔާމީނަށް ފުރުސަތު ފަހިވާނެކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *